Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް ސަރުކާރުން ވަނީ 1498.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި އިޤްތިސާދީ ކަންކަމަށް 1538.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ޖުމްލަ 3036 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު ހަރަދެއްކޮސްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމެންޓް ސެންޓަރަށެވެ. މިގޮތުން އެ ސެންޓަރަށް 867.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއްކުރި ހެލްތު މިނިސްޓްރީއަށް 372.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އިޤްތިސާދީ ކަންކަމަށް ބަލާއިރު، ކޮވިޑު-19 ރިކަވަރީ ލޯން ސްކީމްގެ ދަށުން 1153.5 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވެއެވެ. އަދި އިންކަމް ސަޕޯޓު އެލޮވެންސްގެ ގޮތުގައި 267.7 މިލިއަން ރުފިޔާ ދީފައިވާއިރު ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދިނުމަށް 117.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާއިރު، ބައެއް ކަންކަމަށް ހަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.
މި ލިއުމާއި ގުޅޭ