Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުޕްރީމް ކޯޓު

ޕީޕީއެމް މީހެއްގެ ކެނޑިޑެސީ ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ކުރިމަތިލި ކެނޑިޑޭޓެއްގެ ކެނޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައި، އޭނާގެ ކެނޑިޑެސީ ބަލައިގަތުމަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ޕީޕީއެމްގެ ފަރާތުން ތ.ކަނޑޫދޫ ކައުންސިލުގެ ރައީސްގެ މަޤާމަށް ވާދަކުރާ ޙަސަން މޫސާގެ ކެނޑިޑޭސީ ބާޠިލުކޮށް، އެ ގޮނޑި އެ މަޤާމަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް އިންތިޚާބަކާ ނުލައި ދިނުމަށް ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. ޙަސަން މޫސާގެ ކެނޑިޑޭސީ ބާޠިލުކުރީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކަމުން ނާންނަ ކަމުގައި ބުނެއެވެ.

މިއަދު އޮތް މިމައްސަލައިގެ އަޑުއެހުމުގައި އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން ވިދާޅުވީ ޙަސަން މޫސާގެ ކެނޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރީ އޭނާގެ ކެނޑިޑޭސީ ބަލައިގަތްކަން އެ ކޮމިޝަނުން އެންގުމަށްފަހުގައި ކަމަށެވެ. އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެނޑިޑޭސީއާ މެދު ގޮތެއް ނިންމަންޖެހޭ ކަމަށް ޤާނޫނުގައި ބުނެފައިވާއިރު، އެ މުހުލަތަށްފަހުގައި އިލެކްޝަންސް ކޮމިޝަން އަމިއްލައަށް ކެނޑިޑޭސީ ބާތިލުނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ.

އަދި ކެނޑިޑޭސީ ބަލައިގަތުމަށްފަހު އެ ކޮމިޝަނަށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެނޑިޑޭސީ އިލެކްޝަންސަށް ބާތިލުކުރެވޭނީ ސުޕްރީމް ކޯޓު މެދުވެިރކޮށް ކަމުގައިވެސް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ. އިތުރަށް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވީ ޙަސަންގެ ކެނޑިޑޭސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް އިލެކްޝަންސްްއިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ ރެޖިސްޓަރާ ނިންމެވި ނިންމެވުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގައި އިސްތިއުނާފުކޮށްފައި ނުވާ ކަމެވެ.

ޙަސަން މޫސާގެ ކެނޑިޑޭސީ ބާތިލުކުރުމަށް އިލެކްޝަންސްއިން އެންގި އެންގުން ބާތިލުކުރައްވައި، އެ ނިންމުން ނިންމީ ޤާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅުއްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އޭނާގެ ކެނޑިޑޭސީ ބާޠިލުނުކުރާހާ ހިނދެއްގައި ކެނޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނިނުކުރަން ކޯޓުންވަނީ އިލެކްޝަނަށް އަންގާފައެވެ.

އުއްތަމަފަނޑިޔާރުގެ އިތުރުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވަނީ ޑރ.އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޢާއިޝަތު ޝުޖޫނެވެ.

މި ލިއުމާއި ގުޅޭ