Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެޗްޑީސީގެ އެސެޓުތަކުގެ އަގު 30 ބިލިއަނަށްވުރެ އިތުރު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ (އެޗްޑީސީ) މުދަލުގެ (އެސެޓު) އަގު 30 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ ކުންފުނިތަކުގެ 2019 ވަނަ އަހަރުގެ ފައިނޭޝިއަލް ރިވިއު އިން ދައްކާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ އަގުބޮޑު އެސެޓުތައް ހުރީ އެޗްޑީސީގައެވެ. މިގޮތުން 2019 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި ޖުމްލަ 30،282،855،636 ރުފިޔާގެ އަގުހުރި އެސެޓު ހުއްޓެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ އެ ކުންފުނީގެ ދަށުގައި ހުރި ބިމާއި އިމާރާތްތަކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި، އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިންގުނެވެ. މިއީ އެޗްޑީސީގެ އެސެޓުތައް އިތުރުވި އެންމެ ބޮޑު ސަބަބުކަން ފާހަގަކޮށްލެވެއެވެ.

އެޗްޑީސީއަށްފަހު ދެން އެންމެ އަގުހުރި އެސެޓުތައް ހުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައެވެ. އެ ކުންފުނީގެ އެސެޓުގެ އަގު 15 ބިލިއަން ރުފިޔާއަށް އަރައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމްއޭސީއެލް އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ބޮޑު މަޝްރޫއުއެއް ފަށާފައިވެއެވެ. މިގޮތުން ކޯޑް އެފްގެ އާ ރަންވޭއެއް ތަރައްޤީ ކުރުމާއި އާ ސީޕްލޭން ޓާމިނަލްއެއް ތަރައްޤީ ކުރުމާއި އާ އިންޓަނޭޝަނަލް ޓާމިނަލް އަކާއި ފިއުލް ފާމެއް ތަރައްޤީ ކުރުން ހިމެނެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވެރިކަމަށް ވަޑައިގެންނެވިއިރު އެޗްޑީސީގެ ނެޓް އެސެޓު ވެލިއުއަކީ 2 ބިލިއަން ރުފިޔާ ކަމަށް އިތުބާރު ހުރި މަޞްދަރަކުން "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ. އަދި 2018 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު އެޗްޑީސީގެ ނެޓް އެސެޓް ވެލިއު 30 ބިލިއަނަށް އަރާފައިވެއެވެ.

ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަށް ބަލާއިރު އެސްޓީއޯ، ސްޓެލްކޯ، ފެނަކަ، ޖީއެމްއައިޒެޑްއެލް، އެމްޓީސީސީ، އެމްޓީޑީސީ، އެމްޑާޑަބްލިއުއެސްސީ، ޕޯޓްސް، އެމްއައިބީ، އަދި ދިރާގަކީ އެސެޓުތަކުގެ އަގު 100 މިލިއަނަށްވުރެ ގިނަ ކުންފުނިތަކެވެ.

މި ލިއުމާއި ގުޅޭ