Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުންޔާ މައުމޫން

އުތުރުތިލަފަޅާ ގުޅިގެން މަޝްވަރާކުރި ނަމަވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ: ދުންޔާ

އުތުރުތިލަފަޅުގައި ކޯސްޓުގާޑުގެ ޑޮކްޔާޑަކާއި ހާބަރެއް ތަރައްޤީކުރުމާ ގުޅޭ ގޮތުން އިންޑިޔާ ސަރުކާރާއި ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ މެދުގައި މަޝްވަރާތައް ކުރި ނަމަވެސް އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމުގައި ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.
ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ އުތުރުތިލަފަޅު ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހަދާފައިވާ އެއްބަސްވުމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެންބަރުން އިއްޔެ ވިދާޅުވެފައިވާތީއެވެ. ދުންޔާ އެފަދައިން ވިދާޅުވީ އިންޑިޔާގެ ނޫހެއް ކަމުގައިވާ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިއްޔެ މަޖިލިހުގައި އެއިރު ދެ ޤައުމުގެ މެދުގައި މި މަޝްރޫޢާ ގުޅިގެން ބަދަލުކުރެވުނު ލިޔެކިޔުމާއި މުއާމަލާތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވާހަކަދެއްކެވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަޤާމުތައް އަދާކުރެއްވި ޑިޕޮމެޓެއް ނަން ނުޖެހުން ޝަރުޠުކޮށް "އަވަސް" ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ އެ ސަރުކާރުން އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތްނަމަ މި ސަރުކާރުން އެބާވަތުގެ އެހެން ކަންކަމުގައިވެސް އަމަލުކުރާ އުޞޫލުން އެ އެއްބަސްވުން ހާމަކުރަންވީ ކަމަށެވެ.
ދުންޔާ "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ އެއިރު އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން މަޝްވަރާތަކެއް ކުރި ނަމަވެސް މި ކަމުގައި އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ. އަދި ރާއްޖެއިން އިންޑިޔާއާއެކު ބަދަހި ގާތް ގުޅުމެއް ބޭއްވުމަށް އެދޭ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް ގާތް ގުޅުމެއް އޮތުމުގެ މާނައަކީ ދިވެހިރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބުން ނޫން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އިންޑިޔާ ނޫން އެހެން ޤައުމުތަކުންވެސް އުތުރުތިލަފަޅު ތަރައްޤީކުރަން ހުށަހެޅި ކަމަށެވެ. ނަމަވެސް އެއީ ޤައުމީ ސަލާމަތުގެ މަޞްލަޙަތާ ފުށުއަރާ ކަމެއް ކަމުގައި ފެނިވަޑައިގެން، އެ މަސައްކަތް ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދަވަން ރައީސް ޔާމީން ނިންމެވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ