Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

މާލެ ރައްޔިތުންގެ އިހުސާސްތައް ވަށަފަރު މީހަކަށް ނޭނގޭނެ: ޢާޒިމް

މާލެ ރައްޔިތުންގެ އިހުސާސް ވަށަފަރު މީހަކަށް ނޭނގޭނެ ކަމުގައި ވިދާޅުވެ ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވެއިރު ދާއިރާ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ކުރީ ސަރުކާރުން ދިނުމަށް ނިންމި އެއް ކޮޓަރީގެ ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތެއް ހާމަކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
މެންބަރު ޢަލީ ޢާޒިމް ވިދާޅުވީ ހައުސިން މިނިސްޓަރުކަމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ވަށަފަރު ބޭފުޅަކާ ހަވާލުކޮށްފައި އޮތް އޮތުމަކީ މާލޭގެ ރައްޔިތުންނަށް އިހުމާލުވުމުގެ ވިސްނުމުގައި ނުވަތަ މާލެ ރައްޔިތުންނަށް ކަމެއް ކޮށްނުދިނުމުގެ ވިސްވުނުމުގައި ކަމަށެވެ. އަދި ރައީސް ޔާމީން ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް އަޅާލައިގެން، އެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ވިސްނުމެއް ނެތް ކަމުގައިވެސް ޢާޒިމް ވިދާޅުވިއެވެ. މީގެ ކުރިންވެސް މުޢިއްޒަކީ ވަށަފަރު ބޭފުޅެއް ކަމުގައި ބުނެ އެމްޑީޕީގެ އިސްވެރިންވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.
ޑރ.މުޢިއްޒުގެ ބައްޕައަކީ ވަށަފަރަށް އުފަން ބޭފުޅެއް ކަމުގައިވީނަމަވެސް އެމަނިކުފާނަކީ މާލޭގައި ގެދޮރުހުރި މާލޭގެ ރައްޔިތެކެވެ. އަދި މުޢިއްޒުގެ މަންމައަކީވެސް މާލެއަށް ނިސްބަތްވެވަޑައިގަންނަވާ މާލެ ބޭފުޅެކެވެ. މިފަދައިން ޑރ.މުޢިއްޒުގެ ޢާއިލާ އަތޮޅުތެރެއާ ގުޅިފައި އޮތުމަކީ މުޢިއްޒު މާލޭގެ މޭޔަރުކަމަށް އެކަށީގެންނުވާ ސަބަބެއް ކަމުގައި އެމްޑީޕީގެ އިސްވެރިން ވިދާޅުވާތީ ގިނަ ބަޔަކު އެކަމަށް ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.
ހަމައެހެންމެ ޢަލީ ޢާޒިމްވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ހައުސިން ދީފައިވަނީ ރިޔާސީ އިންތިޚާބު ނިމި، ރައީސް ޞާލިޙު ހުވައިކުރެއްވުމަށް ހަމަޖެހުނުތާ ދެތިން ދުވަސްކުރިން ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރުގައި އެއިރުގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓު ޝާއިޢުކުރިކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ