Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކެޕްޓަން އިހުސާން

ހިބަޅިދޫއަށް ހަތިޔާރު އުފުލި މީހުންނާމެދު ކަންވީ ގޮތް ކެޕްޓަން އިހުސާން ހާމަކުރައްވައިފި

ބ.ހިބަޅިދޫއަށް ލޯންޗެއްގައި ހަތިޔާރުތަކެއް ގެންދިޔަ މީހުންނާމެދު ކަންވީ ގޮތް ކެޕްޓަން ރިޓަޔާޑް ޢަލީ އިޙުސާން ހާމަކުރައްވައިފިއެވެ. އިޙުސާނަކީ އެ ހަތިޔާރުތަކުގެ މައްސަލަ ތަހުގީގުކޮށް ހަތިޔާރުތައް ހޯދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް އޮފިސަރެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމްވަނީ ހިބަޅުދޫއިން ފެނުނު ހަތިޔާރަކީ ބޮޑު ޑުރާމާއެއް ކަމުގައި ވިދާޅުވެ، އެއީ ކުރީ ސަރުކާރުން ހިންގި ކުޅިވަރުތަކެއް ކަމުގައި ޞިފަކުރައްވައި އެއިރު އެ ހަތިޔާރުތައް ހޯދުމުގެ މަސައްކަތުގައި އުޅުއްވި ސިފައިންނާއި ފުލުހުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަދައްކަވާފައެވެ.

އެވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިޙުސާން ވިދާޅުވީ ލޯންޗެއްގައި ބ.ހިބަޅިދިދޫއަށް ހަތިޔާރު ގެންގޮސް އެ ރަށުގައި ތިބި މީހުންނާ ހަވާލުކުރީ މުޙައްމަދު ޢައްލާމް ލަޠީފު (މޮހޯ)އާއި އަޙްމަދު އިޝްފަހު ޢަލީ ކަމުގައެވެ. މި ދެ މީހުންނަކީ އެމްއެމްޕީއާރުސީ ޚިޔާނާތް ހިންގުމަށް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ބޭނުންކުރެއްވި ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނީގެ ހިއްސާދާރުންނެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މައްސަލައާއި އިތުރު އެހެންވެސް ގިނަ މައްސަލަތަކެއްގައި މި ދެ މީހުން ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުނެވެ. ނަމަވެސް މި ސަރުކާރު ބަދަލުވުމާއެކު އެ ރެޑް ނޯޓިސްތައް އުވާލާފައިވެއެވެ. އެކަމާ ގުޅިގެން އިޙުސާނު ވިދާޅުވީ މި މީހުންނަށް ކުރިން ނެރެފައިވާ އިންޓަޕޯލް ރެޑްނޯޓިސް ވަނީ މިހފަހުން ކެންސަލްކޮށްފައި ކަމަށެވެ.

އަދި އޭގެ އިތުރަށް އިޙުސާން ފާހަގަކުރެއްވީ ހަތިޔާރުތަކާއެކު މީހަކު އިން މަންޒަރު ފެންނަ ފޮޓޯއެއްގައި އިން މީހަކީ، އައްލާމާއި އަޝްފަހު ނިސްބަތްވާ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުރި މީހެއް ކަމަށެވެ. އަދި އެމީހާއަކީ ހިބަޅިދޫގައި ހަތިޔާރު ގެންގުޅުނު މީހެއް ކަމަށްވެސް އިޙުސާން ވިދާޅުވިއެވެ.

އަދި ރޮޒައިނާމެންވަނީ އެ އެންމެން ޣާޒީންނަށް ހައްދަވާފައި ކަމަށާއި، އެއަށްފަހު އިޙުސާނުމެންނަކީ ޣައްދާރުން ކަމަށް ހެދުމަކުން ކަމަކުނުދާނެ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަންކަން އެ މިންވަރަށް ވިދާޅުވެދެއްވީ ކަންކަން އޮޅުވައިލެއްވުމުގެ ނިޔަތުގައި ސިފައިންގެ ބޮލުގައި ބޮޑެތި ބަދުނާމުތައް ބައެއް ސިޔާސީ ބޭފުޅުން އަޅުއްވާތީ ކަމުގައި ކެޕްޓަން އިޙުސާން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރަށް އިޙުސާނު ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރުވެސް މިކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދީފައި ނެތުމަކީވެސް މިވާހަކަ މި މިންވަރަށް ދައްކަވަން ޖެހިވަޑައިގަތް ސަބަބެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ