Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު

ރާއްޖޭގައި ބޭރުގެ ޢަސްކަރީ ބޭސްއެއް އަޅަންޖެހޭ: ބޯދިގު

ރާއްޖޭގައި ބޭރުގެ ޢަސްކަރީ މަރުކަޒެއް ނުވަތަ މިލިޓަރީ ބޭސްއެއް އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

ބޯދިގު މިފަދައިން ވިދާޅުވީ އުތުރުތިލަފަޅު ތަރައްޤީކުރުމަށް ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން "ޓެކްނީޝަނުން" ނުވަތަ "އޮފިޝަލުން" ފަދަ ނަންނަމުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބޭނެ ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އެ އެއްބަސްވުން މަޖިލިހާ ހިއްސާކުރުމަށް ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ނައިފަރު މެންބަރު އަޙްމަދު ޝިޔާމު ހުށަހެޅުއްވި ޤަރާރާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އޭނާ ވިދާޅުވީ އިންޑިޔާއިން މިފަދަ ބަނދަރެއް އަދި ޑޮކްޔާޑެއް ތަރައްޤީކުރުމަކީ ދިވެހި ސިފައިންނަށާއި ޤައުމަށް ލިބޭނެ ބޮޑު ފައިދާއެއް ކަމުގައެވެ. އިންޑިޔާއިން ޑޮކްޔާޑު ތަރައްޤީކުރަނީ އެ ޤައުމުގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދިވެހިރާއްޖޭގެ އަސްކަރީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ދިން 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކުންކަން ފާހަގަކުރެވެއެވެ.

ޔޫޓީއެފް [އުތުރުތިލަފަޅު]ގައި ސޮއި މިކުރެވުނީ 100 ޕަސެންޓް ދިވެހި ސަރުކާރަށް ބާރު ލިބިފައި. އަޅުގަނޑަށް މީގައި ދެރައީ އެންމެ ކަމެއް، އެއީ މިތާގައި [ރާއްޖޭގައި] މިލިޓަރީ ބޭސް [އަސްކަރީ މަރުކަޒެއް] ސިފައިންގެ ނެތްް، އެ ބޭރުގެ [އަސްކަރީ މަރުކަޒެއް] ނެތްކަން. މިތާގައި އިންނަން ޖެހޭ މިލިޓަރީ ބޭސްއެއްވެސް
މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)

އޭގެ އިތުރަށް ބޯދިގު ވިދާޅުވީ އޭނާއަށް ގޯހީ ނުވަތަ ދެރައީ އެންމެ ކަމެއް ކަމުގައެވެ. އެއީ ރާއްޖޭގައި ބޭރުގެ މިލިޓަރީ ބޭސްއެއް ނެތުން ކަމަށެވެ. އަދި ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހުންނަންޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބެއް ކަމުގައި ވިދާޅުވީ ބޭރުގެ އަސްކަރީ ބޭސްއެއް ހުރުމަކީ ބޭރުގެ އިންވެސްޓުމެންޓުތައް ހިމާޔަތްކުރެވޭނެ ކަމެއް ކަމުގައެވެ.

އުތުރުތިލަފަޅުގައި ޑޮކްޔާޑު ހެދުމާއި، ބަނދަރެއް ޤާއިމުކުރުމުގެ މަސައްކަތާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވާހަކަނުދެއްކި ނަމަވެސް އެމްޑީޕީން މަސައްކަތްކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ އެ މަޝްރޫޢާ ކަމަށް ދޭހަކޮށްދޭން މަސައްކަތްކޮށްފައެވެ. މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ކަންބޮޑުވުމެއް ކަމުގައިވެސް ފާހަގަކޮށްފައިވަނީ ރާއްޖޭގައި ދާއިމީ ޞިފައެއްގައި އިންޑިޔާ ސިފައިންނަށް ޤާއިމުވެ ތިބުމަށް މަގުފަހިވުމެވެ.

މި ލިއުމާއި ގުޅޭ