Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

އައްޑޫގެ މަޝްރޫއުތައް ހަވާލު ކުރީ މޯދީގެ ކެމްޕެއިންނަށް 15 މިލިއަން ރުޕީސް ހަރަދުކުރި ކުންފުންޏަކަށް

އައްޑޫގައި ފެން ހިންދުމުގެ ނިޒާމް ޤާއިމްކުރުމަށާއި މަދު ހެދުމުގެ މަސައްކަތް ހަވާލުކުރި އެފްކޯންސް އިންފްރާސްޓްރްކްޗާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީދގެ 2014 ވަނަ އަހަރުގެ ކެމްޕެއިނަށް 15 މިލިއަން ރުޕީސް ހަރަދުކުރި ކުންފުންޏެއްކަން ހާމަވެއްޖެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަށ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ފައިސާ ހަދިޔާކޮށްފައިވާ ފަރާތްތަކުގެ ތަފްސީލު އިންޑިއާގެ އިންތިހާބުތަކާއި ސިޔާސީ ކަންކަމާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކުރުން އިތުރުކުރަން މަސައްކަތްކުރާ ޖަމާއަތަކުން ހާމަކޮށްފައިވާއިރު އެފްކޯންސް އިންފްރާސްޓްރަކްޗާ އިން 15 މިލިއަން ރުޕީސްއަށްވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.

ބީޖޭޕީއަށް ހަރަދުކޮށްފައިވާ ފަރާތްތަކުގެ ތަފްސީލު މި ސައިޓުން ފެނިވަޑައިގަންނަވާނެ

އައްޑޫގެ މަޝްރޫއުތައް އެފްކޯންސް އިންފްރާސްޓްރަކްޗާ އާއި ހަވާލުކުރީ 1.1 ބިލިއަން ރުފިޔާއަށެވެ. އަދި އެ މަޝްރޫއުތައް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުންނެވެ. މި މަޝްރޫއުގައި އިއްޔެ ސޮއިކޮށްފައިވާއިރު ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި އިންޑިއާގެ އެފްކޯންސްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝެވެ.

މި މަޝްރޫއަށް ހަރަދުކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ 800 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.

މީގެ ކުރިންވެސް ބައެއް އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގައި އިންޑިއާއިން ހިންގާ މަޝްރޫއުތަކުގެ ބޭނުމަކީ ބީޖޭޕީއަށް އިންތިހާބުތަކަށް ހަރަދުކޮށްދޭ ފަރާތްތަކަށް އިންޑިއާގެ ސަރުކާރުން ފައިސާ ދިނުން ކަމުގައި ތުހުމަތުކޮށްފައެވެ. އަދި އެފަދަ ބައެއް ކުންފުނިތަކުން ކަޅު ފައިސާ ދޮންނަންވެސް މިފަދަ ޕްރޮޖެކްޓުތައް ބޭނުން ކުރާކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

މި ލިއުމާއި ގުޅޭ