Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

ފަސްޓް ލޭޑީ ފަޒްނާގެ ރެސްޓޯރެންޓުގައި ޕާޓީއެއް ކުރިއަށް ގެންދިޔުމުގެ ފުރަސަތު ފުލުހުން ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ހިއްސާ އޮންނަ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ކައިވެނި ޕާޓީއެއް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ފުލުހުން ދީފިއެވެ.
ކޮވިޑު-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އެކި ހަފްލާތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ މަނާކޮށްފައެވެ. މިއަދު ހަވީރުން ފެށިގެން ކުރިއަށްދާ މި ޕާޓީ އަށް ފުލުހުންގެ ދެމީހަކު ވަނީ ގޮސް ސޯލްޓް ކެފޭ ޖޫރިމަނާކޮށްފައެވެ. އަދި ފުލުހުން ވަނީ އެ ޕާޓީ ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޖޫރިމަނާ ކުރަން އެތަނަށް ދިޔަ ދެ ފުލުހުން ދިޔަ ފަހުންވެސް ޕާޓީ ހުއްޓާ ނުލައެވެ. އަދި އެފަހުންވެސް އެ ޕާޓީ އަށް މީހުންވެސް ދިޔައެވެ. "ދިޔަރެސް" އަށް ވަނީ އެ ޕާޓީ ކުރިއަށް ދާތަނުގެ ފޮޓޯތައް ވެސް ލިބިފައެވެ.
ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓަކީ ޓޭބަލް ޓޮޕް ޕްރައިވެޓް ލިމިޓެޑް ގެ ދަށުން ހިންގަމުން އަންނަ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓުގެ ހިއްސާދާރުންގެ ގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހާއި ހަމައަށް ތިބީ އަހްމަދު ހަސްމަތު އަދި ޝައިންޓްރީ ހޯލްޑިންގްސްއެވެ. ޝައިންޓްރީ ހޯލްޑިންގްސް އަކީ ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ވިޔަފާރިއެކެވެ. އަދި އެ ވިޔަފާރީގައި އެކަމަނާގެ ހިއްސާވެސް އޮވެއެވެ.
އެހެން ނަމަވެސް އޯގަސްޓު މަސް ތެރޭ ޝައިންޓްރީގެ ހިއްސާ ވަނީ، ރައީސް ސޯލިހަށް ބޮޑުބޭބެ ކިޔާ ފަރާތެއް ކަމަށްވާ އަފްޒަލް ފާއިޒް ގެ ނަމަށް ބަދަލުކޮށްފައެވެ. އަފްޒަލް އަކީ ރައީސްގެ ދައްތަގެ ބޭފުޅެކެވެ.
ސޯލްޓުގައި ޕާޓީ ހިނގަމުން ދިޔަކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޫސްވެރިންނެވެ. އެތަނަށް ދިޔަ ފުލުހުން އަނބުރާ ދިޔުމަށްފަހުވެސް ޕާޓީ ނުހުއްޓާތީ ނޫސްވެރިން ތަކުރާރުކޮށް ފުލުހަށް ގުޅުމުން ފުލުހުން ވަނީ ފޯނަށް ޖަވާބު ނުދީ ބާއްވާފައެވެ.
މީގެ މަސްތަކެއް ކުރިންވެސް މާލޭގައި ބޭއްވި ވެޑިން ޕާޓީ އަކުން އެތައް ބަޔަކަށް ވަނީ ކޮވިޑު-19 ޖެހިފައެވެ.
މި ލިއުމާއި ގުޅޭ