Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ގަތަރާއެކު ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން އެއްބަސްވަނީ

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގަތަރުގެ ކުޅިވަރުގެ އެސޯސިއޭޝަންތަކާއެކު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތައްޔާރުވެއްޖެއެވެ.
ދާދިފަހުން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު (މަރޭ) ވަނީ ގަތަރަށް ވަޑައިގެންފައެވެ. އަދި ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވިއެވެ.
އެމްއޯސީ އިން އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ތައްޔާރުވަމުން ދަނީ ގަތަރުގެ ފަސް އެސޯސިއޭޝަން އަކާއެކުގައެވެ. އެއީ ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނާއި ގަތަރުގެ ހޭންޑްބޯލް އެސޯސިއޭޝަނާއި ގަތަރުގެ އެތުލެޓިކްސް ފެޑެރޭޝަނާއި ގަތަރު ޓޭބަލް ޓެނިސް އެސޯސިއޭޝަން އަދި ގަތަރު ސްވިމިން އެސޯސިއޭޝަންއެވެ.
އެމްއޯސީ އިން ބުނީ އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި އޮފިޝަލުންނަށް ގިނަ ފައިދާތަކެއް ވެގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ގަތަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. އެއީ އެފްއޭއެމް އާއެކުގައެވެ. އެ އެއްބަސްވުމުގެ ދަށުން އެފްއޭއެމް އަށް އަދި ރާއްޖޭގެ ފުޓުބޯޅަ އަށް އަންނަނީ ގިނަ ފައިދާތަކެއް ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ