Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް ވެކްސިން

ވެކްސިން ދޭ ގައުމުގެ ލިސްޓުގެ ކުރީގައި ރާއްޖެ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމުތައް ކުރިޔަށް ގެންދާއިރު އެ ލިސްޓުގެ ކުރީގައި ރާއްޖެ ހިމެނިއްޖެއެވެ.

"އަވާ ވޯލްޑް އިން ޑޭޓާ"ގެ ވެބްސައިޓުގައިވާ ގޮތުން ކޮވިޑް ވެކްސިން ޖެހުމުގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަވާ ވޯލްޑް އިން ޑޭޓާގައި ވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 12.9 ޑޯޒް ވަނީ ޖަހައިފައެވެ. އަދި ރާއްޖެ ހިމެނެނީ މި ލިސްޓުގެ ފަސް ވަނައިގައެވެ.

މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޔޫއޭއީ އާއި އިޒްރާއީލްއެވެ. އިޒްރާއީލް އިން އެގައުމުގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 82.4 ޑޯޒް ޖަހާފައިވެއެވެ. ޔޫއޭއީގެ އަދަދު 56.15އަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަންނަނީ ވެކްސިން ޖަހަމުންނެވެ. އެގޮތުން އިއްޔެ ވެސް 5،004 މީހުން ވަނީ ކޮވިޑް ވެކްސިން ޖަހައިފައެވެ.

މާލެ ސަރަހައްދުން 3،310 މީހުން އިއްޔެ ވެކްސިން ޖެހިއިރު 1،694 މީހުން ވަނީ ރަށްރަށުން ވެކްސިން ޖަހައިފައެވެ. މިއާއެކު މުޅި ރާއްޖެއިން މިހާތަނަށް 74،966 މީހުން ވަނީ ވެކްސިން ޖަހައިފައެވެ.

މި ލިއުމާއި ގުޅޭ