Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑް ވެކްސިން

ޗައިނާ ވެކްސިންގެ 43 މިލިއަން ޑޯޒް އެހެން ޤައުމުތަކަށް ފޯރުކޮށްދީފި

ޗައިނާގެ ސިނޮފާމްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ 43 މިލިއަނަށްވުރެ ގިނަ ޑޯޒް މިހާތަނަށް އެހެން ޤައުމުތަކަށް ފޯރުކޮށްދީފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.
އެ ޤައުމުގެ އެންމެ ބޮޑު ބައޯޓެކް ކުންފުނިކަމަށްވާ ސީއެންބީޖީގެ ދަށުން ހިންގާ ސިނޮފާމްއިން މިހާރު ވަނީ ކޮވިޑް-19 އިން ދިފާޢުވުމަށްޓަކައި ދެ ވެކްސިންއެއް ކާމިޔާބުކަމާއިއެކު އުފައްދާ ބޭނުންކުރަން ފަށާފައެވެ. އެ ވެކްސިންތަކުގެ 34 މިލިއަން ޑޯޒް މިހާތަނަށް ޗައިނާގެ ރައްޔިތުންގެ ގަޔަށް ވަނީ ޖަހާފައެވެ.
ސިނޮފާމްއިން އުފައްދާފައިވާ ވެކްސިންގެ އިތުރުންވެސް އެ ޤައުމުގެ ސިނޮވެކް ބައޯޓެކްގެ ފަރާތުންނާއި ކެންސިނޯ ބައޮލޮޖިކްސްގެ ފަރާތުންވެސް ވަނީ އިތުރު ދެ ވެކްސިނެއް އުފައްދާ މާކެޓަށް ނެރެފައެވެ. މި ވެކްސިންތަކަށްވެސް ބޭރުގެ ގިނަ ޤައުމުތަކުންވަނީ އެމެޖަންސީ ދަށުން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ފައިޒާއާއި މޮޑާނާއިން އުފައްދާފައިވާ ވެކްސިންތަކާއި ހިލާފަށް ޗައިނާއިން އުފައްދާފައިވާ ވެކްސިންތައް އާދައިގެ ފިނިހޫނުމިހުގައި ރައްކާތެރިކުރެވެއެވެ. އޭގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި ޗައިނާގެ ވެކްސިންތަކުގެ މަޤްބޫލްކަން ދަނީ ބޮޑުވަމުންނެވެ.
ތަރައްޤީވަމުން އަންނަ 53 ޤައުމަކަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ޗައިނާއިން މިހާތަނަށް ނިންމާފައިވާއިރު، އެ ޤައުމުން ވަނީ އިތުރު 22 ޤައުމަކަށް ވިޔަފާރީގެ އުސޫލުން ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.
އިންޑަނޭޝިއާއިން މިހާތަނަށް ވަނީ ޗައިނާގެ ސިނޮވެކް ވެކްސިންގެ 125 މިލިއަން ޑޯޒް ގަތުމަށް ޗައިނާއާއެކު އެއްބަސްވެފައެވެ. އެހެންކަމުން އިންޑަނޭޝިއާ ވެގެންދާނީ ޗައިނާގެ އިތުރުން އެންމެ ގިނަ ބަޔަކަށް ސިނޮވެކް ވެކްސިން ދޭނެ ޤައުމަށެވެ.
ޗައިނާގެ ވެކްސިން ހިލޭ މިހާތަނަށް ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި، ކޮންގޯއާއި، ގިނީއާއި، ނެމްބިއާ ފަދަ ޤައުމުތައް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ