Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު

އުތުރުތިލަފަޅުގެ އެއްބަސްވުން ސާފުކޮށްނުދިނުމުގައި ސަރުކާރުވަނީ ފެއިލްވެފައި: ދުންޔާ

އުތުރުތިލަފަޅުގެ އެއްބަސްވުން އެކަށީގެންވާ މިންވަރަށް ސާފުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވުމަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިފަދައިން ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިކަމާ ގުޅިގެން ދައްކަވާފައިވާ ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ދުންޔާވަނީ ޢުމަރުގެ ވާހަކަފުޅަށް ތާއީދުކުރައްވާ ކަމުގައި ހާމަކުރައްވާފައެވެ. އެގޮތުން އުމަރު ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކަކީ ރަނގަޅު ޙަޤީޤީ ކަންބޮޑުވުންތަކެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.
ޢުމަރު ފޭސްބުކު ޕޭޖުގައި ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވީ އުތުރުތިލަފުޅުގައި ތަަރައްޤީކުރާ ބަނދަރާއި ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތައް ބަނދަރުކުރުމަށް ބޭނުންކުރެވޭނެ ތަނެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި އިންޑިޔާ ސިފައިންގެ މަނަވަރުތައް ދާއިމަށް ތިބުމުގެ ފުރުޞަތު ހުޅުވައިލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ދުންޔާ ވިދާޅުވީ އައްޑޫއާއި ލ.ކައްދޫއާއި ހދ.ހަނިމާދޫގައި އިންޑިޔާ ސިފައިން އެ މީހުންގެ އުޅަނދުތަކާއެކު ޤާއިމުވެ އެބަތިބި ކަމުގައިވެސް ޢަމަރު ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގެ މިނިވަންކަން މަޑުމަޑުން ގެއްލެމުންދާ ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.
ދުންޔާ އިތުރަށް ސަރުކާރަށް ފާޑުވިދާޅުވެ ވިދާޅުވެފައިވަނީ ހުރިހާ ދިވެހިންގެ ކަންބޮޑުވުން ހުރި މައްސަލައެއް އެކަށީގެންވާ މިންވަރަށް ސާފުކޮށްދިނުމުގައި ސަރުކާރުވަނީ ފޭލިވެފައި ކަމަށެވެ.
މި ލިއުމާއި ގުޅޭ