Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ރާއްޖެއަށް އިއްޔެ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އަނެއްކާވެސް އިއްޔެ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަމައެކަނި އިއްޔެ ރާއްޖެއަށް ވަނީ 5،100 ފަތުރުވެރިން އައިސްފައެވެ. އަދި މިއީ މިހާތަނަށް އެއް ދުވަހެއްގެ މައްޗަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަށްކުރި ދުވަހެވެ. މީގެއިތުރުން މިހާތަނަށް އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ދުވަހަކީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. ހަމައެކަނި އެ ދުވަހުވެސް ރާއްޖެއަށް 4،195 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ވިހި ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 159،126 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އަދި އޭގެތެރެއިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާގެ ފަތުރުވެރިން ނެވެ. އެގޮތުން ހަމައެކަނި އިންޑިއާ އިންވެސް މިހާތަނަށް 62،960 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. އެގައުމުންވެސް 61،387 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 555،494 ފަތުރުވެރިން ޒިޔާރަތްކުރި އިރު މި އަހަރުގެ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ.މައުސޫމް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ