Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

ނުވަ ކިލޯ ޑުރަގާއެކު ހައްޔަރުކުރި އަރުޝަދު ދޫކޮށްލި ނިންމުން އިސްތިއުނާފުކޮށްފި

ނުވަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަރުޝަދު ޚާލިދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އަރުޝަދަކީ ފުލުހުން ފާއިތުވި އަހަރުގެ ކުރީ ކޮޅުގައި ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކޮށްފައިވާ 5 މީހުންގެ ތެރެއިން އެކެކެވެ. މި މައްސަލާގައި އަރުޝަދުގެ އިތުރަށް ދައުވާކޮށްފައިވަނީ ގދ.ހޯނޑެއްދޫ، އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމުގެ މައްޗަށެވެ.
އަރުޝަދުގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ބައިވެރިވުމުގެ ތުހުމަތެވެ. އެހެންނަމަވެސް ފާއިތުވި ހަފުތާގެ ބުދަދުވަހު އޭނާ ބަންދުކުރަން ކޯޓުން ނެރުނު އަމުރު މުރާޖަޢާކުރުމަށް ބޭއްވި އަޑުއެހުމުގައި އޭނާ ދޫކޮށްލަން ކޯޓުންވަނީ އަމުރުކޮށްފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިޔާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީޤު ވިދާޅުވެފައިވަނީ އަރުޝަދު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އަރުޝަދު ދޫކޮށްލީ އޭނާއާ ގުޅޭ އެއްވެސް ތަނަކުން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށް ހެކިންގެ ގޮތުގައި ހުށަހެޅި ފުލުހުން ކޯޓުގައި ބުނުމާ ގުޅިގެންނެވެ. އަދި އޭގެ އިތުރަށް އޭނާއާ ދެކޮޅަށް ބަޔާން ދިން ހެއްކަކުވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދިނީ ފުލުހުން މަޖުބޫރުކޮށްގެން ކަމަށް ބުނެފައެވެ.
މި މައްސަލާގައި ފުލުހުންވަނީ 4.6 މިލިއަން ރުފިޔާ ހޯދާފައެވެ. އެ އޮޕަރޭޝަނުން ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓުތަކުގައި ހުރީ މަސްތުވާތަކެއްޗާ ގުޅޭ ފައިސާ ކަމުގައި ތުހުމަތުކޮށް އެ އެކައުންޓުތައް ފްރީޒުކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ