Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިޔާގެ ސްޓޭޓުތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެ ޚަރަދުކުރާ މިންވަރު ކުޑަކުރަނީ

އިންޑިޔާގެ މުހިއްމު ސްޓޭޓުތަކަށް ފައިސާގެ ދަތިކަން ކުރިމަތިވެ އެ ސްޓޭޓުތަކުން ޚަރަދުކުރާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރަމުންގެންދާ ކަމުގައި އިންޑިޔާގެ ނޫހެއް ކަމުގައިވާ އިކޮނޮމިކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފިއެވެ.
އެގޮތުން އެ ނޫހުން ފާހަގަކޮށްފައިވަނީ އިންޑިޔާ ސަރުކާރުން އެސެޓުތައް އުފެއްދުމާއި އުމްރާނީ ވަސީލަތްތަކަށް ޚަރަދުކުރާ މިންވަރުގެ 60 އިންސައްތަ ހިއްސާކުރާ މުހިއްމު 28 ސްޓޭޓަކަށް ޓެކުސް އާމްދަނީގެ ގޮތުގައި ލިބޭ އާމްދަނީ ކުޑަވެ، ކޮވިޑް-19ގެ ސަބަބުން ހޭދަތައް ބޮޑުވެ، އުމްރާނީ ކަންކަމަށް ހޭދަކުރަން ދަތިވެފައިވާ ކަމަށެވެ.
އަދި މަރުކަޒީ ސަރުކާރާ ޚިލާފަށް ސަރަހައްދީ ސަރުކާރުތަކުން ހޭދަކުރާ މިންވަރު އިތުރުކުރުމަށް ބޭނުން މިންވަރަކަށް ލޯނު ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ލޯނު ނަގައިފިނަމަ ބަޖެޓު ޑެފިސިޓު އިންތިހާއަށް ބޮޑުވެދާނެ ކަމުގައިވެސް އެ ނޫހުން ފާހަގަކުރިއެވެ.
ސިޓިގްރޫޕްގެ އިކޮނޮމިސްޓެއް ކަމުގައިވާ ސަމިރަން ޗަކްރަބޯޓީ އިކޮނޮމިކް ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ފާއިތުވި ތިން މަހުގައި މަރުކަޒީ ސަރުކާރުން ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވި ނަމަވެސް ސަރަހައްދީ ސަރުކާރުތަކުން ހޭދަކުރާ މިންވަރު ހުރީ ހިފަހެއްޓިފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިޤުތިޞާދު ބޮޑުވެ ފުޅާވާނެކަމަށް އަންދާޒާކުރި މިންވަރަށް ފުޅާނުވާނެ ކަމަށެވެ.
އިންޑިޔާގެ މާލީ އަހަރު ފެށެނީ އޭޕްރީލް މަހުގައި ކަމަށްވާއިރު އަންނަ އޭޕްރީލުގައި ފެށޭ އައު މާލީ އަހަރުގައި މަރުކަޒީ ސަރުކާރުން ކުރަމުންދާ ޚަރަދު 76 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ނަރެންދުރަ މޯދީގެ ސަރުކާރުން ނިންމާފައިވެއެވެ. އަދި އެ ހޭދައިގެ ސަބަބުން އިންޑިޔާގެ އިޤުތިޞާދު ރެކޯޑު މިންވަރަކަށް ފުޅާކުރެވޭނެ ކަމަށް އެ ޤައުމުން އުންމީދުކުރެއެވެ.
އެހެންނަމަވެސް ފާއިތުވި އަހަރުގައި އިންޑިޔާގެ މުހިއްމު 7 ސްޓޭޓަކުން ޚަރަދުކުރި މިންވަރުވަނީ 23.5 އިންސައްތަ މަދުވެފައެވެ. އެއީ ފާއިތުވި އަހަރު އިންޑިޔާއިން ޚަރަދުކުރުމަށް ކަނޑައެޅި އަމާޒަށްވުރެ 1.8 ޓްރލިއަން ޑޮލަރު މަދު މިންވަރެކެވެ.
މި ލިއުމާއި ގުޅޭ