Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު މަހްލޫފް

ދުބާއީ އިން ވަޑައިގަތުމަށްފަހު މަހްލޫފް ކަރަންޓީނު ވުމެއްނެތި މަޖިލީހުގައި

ދާދިފަހުން ދުބާއީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު ހޯމް ކަރަންޓީނުވުމެއް ނެތި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް މިނިސްޓަރު އަހްމަދު މަހްލޫފް މަޖިލީހަށް ވަޑައިގެންފިއެވެ.
މިނިސްޓަރު މަހްލޫފް ދުބާއީގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިތާ އަދި 10 ދުވަސް ނުވާކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑު-19 އާއި ގުޅިގެން އެޗްޕީއޭ އިން އާޅާފައިވައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަށް 10 ދުވަސް ވަންދެން ހޯމް ކަރަންޓީނު ވުން ހިމެނެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މަހްލޫފް ހާޒިރުވީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ސުވާލެއް ކުރެއްވުމަށެވެ.
މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ މިނިސްޓަރު މަހްލޫފް މަޖިލީހަށް ކަރަންޓީނު ވުމެއް ނެތި ވަޑައިގެންނެވީ ކޮން ކަހަލަ ހުއްދައެއް ލިބިވަޑައިގެންތޯ ސުވާލު ކުރައްވާފައެވެ. އެހެން ނަމަވެސް މަހްލޫފް އެ ސުވާލަކަށް ޖަވާބު ނުދެއްވައެވެ.
ސަރުކާރުގެ އިސްވެރިން އެޗްޕީއިން އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ނުލަނބާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. މިގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ދުބާއީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު ކަރަންޓީނު ވުމެއް ނެތި ބޭރުގައި އުޅުއްވިއެވެ. އޭރު އެޗްޕީއޭ އިން ބުނެފައިވަނީ ޝާހިދަށް ހާއްސަ ހުއްދައެއް ދެއްވީ ދައުލަތުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި މިފަހުން ބަންގްލާދޭޝްއަށް ކުރެއްވި ދަތުރުފުޅަކަށްފަހުވެސް ކަރަންޓީނު ނުވެ ޝާހިދު ވަނީ ބޭރުގައި އުޅެފައެވެ.
މި ލިއުމާއި ގުޅޭ