Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރުތިލަފަޅު

އުތުރުތިލަފަޅު ބަދަލުވާނީ އިންޑިޔާގެ ސްޓްރެޓެޖިކް އެސެޓަކަށް: އިންޑިޔާ ނޫހެއް

އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ހެދުނު އެއްބަސްވުމެއްގެ ދަށުން އިންޑިޔާގެ ލޯނުގެ ދަށުން ތަރައްޤީކުރާ އުތުރުތިލަފަޅު ވެގެންދާނީ އިންޑިޔާގެ ސްޓްރެޓެޖިކް އެސެޓަކަށް ކަމުގައި އިންޑިޔާ ނޫހެއް ކަމުގައިވާ ޑެކަން ހެރާލްޑް ނޫހުން ބުނެފިއެވެ.
އެ ނޫހުން ބުނެފައިވަނީ ރަސްމީ ޞިފައެއްގައި މި ހާބަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ކޯސްޓު ގާޑުގެ ބޭނުމަށް ތަރައްޤީކުރާ ތަންތަން ކަމުގައިވީ ނަމަވެސް އެތަންތަނަކީ އިންޑިޔާއަށް މުހިއްމު ސްޓްރެޓެޖިކް އެސެޓަކަށް ބަދަލުވުމަކީ ވެދާނެ ކަމެއް ކަމުގައެވެ. އަދި އެއީ ޗައިނާއިން އިންޑިޔާ ކަނޑުގައި ނުފޫޒު ގަދަކުރާ ކުރުމަށް ހުރަސްއެޅުމަށް ބޭނުންކުރެވޭ ވަސީލަތަކަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން އިންޑިޔާ ނޫހަކުން މިފަދައިން ރިޕޯޓުކޮށްފައިވާއިރު، މި އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދާއިމީ ޞިފައެއްގައި އިންޑިޔާ ސިފައިނަންނަށް ދިވެހިރާއްޖޭގައި ޤާއިމުވެ ތިބެވޭނެ ކަމަށެވެ. އަދި "އޮފިޝަލުންނާއި"، ޓެކްނިކަލް މީހުންގެ ނަމުގައި އިންޑިޔާ ސިފައިން އުތުރުތިލަފަޅުގައި ތިބޭ ގޮތަަށް އެއްބަސްވުން އޮތުމުން މި އެއްބަސްވުމަކީ މަޖިލިހަށް ހުށަހަޅަންޖެހޭ އެއްބަސްވުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ތަރައްޤީކުރުމުގެ މަސައްކަތަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކުރަން ނިންމި މަސައްކަތެއް ނަމަވެސް އެ މަސައްކަތަށް އިންޑިޔާ އަދި އެ ނޫން ބައެއް ޤައުމުތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވުމާއެކުވެސް ރައީސް ޔާމީން ނިންމަވާފައިވަނީ އެ މަސައްކަތް ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހި ސިފައިން ކުރާ ގޮތަށެވެ.
މި ލިއުމާއި ގުޅޭ