Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ކޫއްޑޫ-ވިލނގިލި ބްރިޖު އެޅުމަކީ "ދެކެވުނު ވާހަކައެއް" ގޮތުގައި ރައީސް ސިފަކުރައްވައިފި

ގއ.ވިލިނގިއްޔާއި އެ އަތޮޅު ކޫއްޑޫއާއި ދެމެދު ބްރިޖެއް އެޅުމަކީ ދެކެވުނު ވާހަކައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފަކުރައްވައިފިވެ.

ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހުވަދު އަތޮޅުގެ ޓީމުތަކާއި އެކު ރޭ ބޭއްވި ބައްދަލުވުމުގެ ބައިވެރިއަކު ވަނީ ގއ.މާމެންދޫ އާއި ކޫއްޑޫ ބްރިޖަކުން ގުޅުވާލުމަކީ ރައީސް ނަޝީދުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަވަނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދުވަނީ އެކަން ސައިންޓިފިކް ގޮތުން ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ދެން އެއާއި ގުޅުވައިގެން ރައީސް ސޯލިހް ވަނީ ވިލިނގިއްޔާއި ކޫއްޑޫއާއި ބްރިޖަކުން ގުޅާލުމަށް "ވާހަކަދައްކާފައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކާފައި އޮންނާނެ ކުރީގަ އެއްފަހަރެއްގައި މިއީ ވިލިނގިއްޔާއި ކޫއްޑޫއާއި އެޅިދާނެ (ބްރިޖެއް) ގޮތެއް އޮތްތޯ ބަލަން" ރައީސް ވިދާޅުވިއެވެ.

ދެއްކެވި ވާހަކައެއް ކަމަށް ރައީސް ސިފަކުރެއްވި ނަމަވެސް އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތެރޭގައި އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. މިގޮތުން އޭރު ރައީސް ވިދާޅުވީ ރައްޔިތުންގެ ވިސްނުމަކަށް ވާންވީ އެއް ތަނުން އަނެއް ތަނަށް ގުޅުވާލެވޭނެ ގޮތެއް ކަމަށެވެ. އަދި ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން މާ ބޮޑު ހަރަދެއް ނުދާނެ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

ރޭ ކެމްޕެއިން ޓީމުތަކާއި ދެއްކެވި ވާހަކަތަކުގައި ރައީސް ވަނީ އެ ބްރިޖު އަޅާ ސަރަހައްދަކީ މިޔަރު އާލާވާ ތަނެއް ކަމަށާއި އެހެން ކަމުން އެ ސަރަހައްދުގައި ދެން ބްރިޖެއް ނޭޅިދާނެ ފަދަ ކަމަށް ދޭހަވާ މޭރުމަކުންވެސް ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑުމެން އެވާހަކަ ދެއްކީމަ، ކޫއްޑޫއާއި ވިލިނގިއްޔާއި އެ ދޭތެރޭ، މިޔަރު ކަންނޭނގެ، ކޮންމެވެސް އެއްޗެއް ބްރީޑު ކުރާތަނެއްގެ ވާހަކަ ދެކެވިފަ. އެހެންވިޔަސް ދިރާސާތަކެއް ހަދަމުން ގެންދޭ. ފަހަރުގައި އަޅުގަނޑުމެއްނަށް އަނެއް ފަޅިއަށްވެސް ބެލިދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވި ނަމަވެސް ވިލިނގިއްޔާއި ކޫއްޑޫއާއި ދެމެދު އޮންނަނީ ފުން ކަނޑުއޮޅިއެއް ކަމަށްވާއިރު މިޔަރަކީ ފުން ކަނޑުތަކުގައި އާލާވާއެއްޗެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކޫއްޑޫއާއި ވިލނގިއްޔާއި ދޭތެރޭ ގައި ހުންނަނީ 900 އެއްހާ ފޫޓުކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ދެމެދުގައި 900 މީޓަރު ހުރެއެވެ. މިކަހަލަ ވަރަށް ގިނަ ކަންކަމުގައި ރައީސް ވާހަކަ ދައްކަވާއިރު ކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ނުހުންނަކަން ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ލިއުމާއި ގުޅޭ