Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބާސެލޯނާ އެފްސީ

ކާޑިޒްއާ އެއްވަރުވެ ބާސެލޯނާގެ ސިލްސިލާ މޮޅުތައް ނިމުމަކަށް

ލަލީގާގައި ބާސެލޯނާއަށް ލައަނަލް މެސީ ކުޅެދިން 506 ވަނަ މެޗުގައި އޭނާ ލަނޑެއް ޖެހި ނަމަވެސް އެ މެޗުން އެ ޓީމަށް މޮޅުވެވޭ ގޮތެއް ނުވިއެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބަލިވުމަށްފަހު އެ ބަލިން އަރައިގަތުމަށް ބާސެލޯނާއިން ކުރި އުންމީދު ހާސިލުވާ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގައި މެސީ ގޯލެއް ކާމިޔާބުކުރީ ޕެޑްރީއަށް ކާޑިޒްގެ ކުޅުންތެރިޔަކު ފައުލްކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ކާޑިޒްގެ އެލެކްސް ފާނަންޑޭޒްވަނީ ޕެނަލްޓީއަކުން ގޯލެއް ކާމިޔާބުކޮށްދީފައެވެ.

މުޅި މެޗުގައިވެސް ގޯލަށް އަމާޒުކޮށް ކާޑިޒްއަށް ފޮނުވައިލެވުނީ އެންމެ ހަމަލައެކެވެ. އެ ލަނޑާއެކު ލަލީގާގައި ބާސެލޯނާ މޮޅުވަމުން އައި ސިލްސިލާއަށް ނިމުމެއް އައީއެވެ. މިހާތަނަށް ބާސެލޯއިންވަނީ ޖެހިޖެހިގެން ލަލީގާގެ 7 މެޗު ކާމިޔާބުކޮށްފައެވެ.

އަދި ހޯމަދުވަހު ކުޅޭ މެޗުގައި ސެވިއާއިން އޮސަސޫނާ ބަލިކޮށްފިނަމަ، ތާވަލުގެ ތިންވަނައަށް ސެވިއާ އަރާނެއެވެ. އަދި ބާސެލޯނާއަށް ތާވަލުގެ އެ ޖާގަ ގެއްލޭނެއެވެ. ބާސެލޯނާއާއި ކާޑިޒް އެއްވަރުވި ނަމަވެސް މުޅި މެޗުގައިވެސް ކާޑިޒުން ބާސެލޯނާގެ ގޯލަށް ނުރައްކާކޮށްފައިނުވެއެވެ.

ރޭގެ މެޗަކީ ބާސެލޯނާގައި އެއް ކުޅުންތެރިޔަކު އެންމެ ގިނަ މެޗު ކުޅުނު ރެކޯޑު މެސީއަށް ލިބުނު މެޗެވެ. އަދި މިހާތަނަށް މެސީ އެ ޓީމުގައި މަޑުކުރުމާމެދު ގޮތެއް ނުނިންމައެވެ. އޭނާ އެ ޓީމުގައި ބެހެއްޓުމަކީ ކުރިއަށް އޮތް ކުލަބުގެ ރިޔާސީ އިންތިޚާބުގެ މުހިއްމު ނުކުތާއެކެވެ.

މި ލިއުމާއި ގުޅޭ