Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންޗެސްޓާ ޔުނައިޓެޑް

ނިއުކާސްލް ބަލިކޮށް އަނެއްކާވެސް ލީގު ތާވަލުގެ ދެވަނައަށް މެންޗެސްޓާ ޔުނައިޓެޑް

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ 2 ވަނަ ޖާގައަށް އަލުން މެންޗެސްޓާ ޔުނައިޓެޑް އަރައިފިއެވެ. ދެވަނައަށް ޔުނައިޓެޑް އެރީ ނިއުކާސްލްއާ ކުޅުނު މެޗު ކާމިޔާބުކޮށް އިތުރު ތިން ޕޮއިންޓު ލިބުމުންނެވެ.

ރޭގެ މެޗުގައި މާކަސް ރަޝްފޯޑުވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޔުނައިޓެޑު މެޗުގެ ކުރީކޮޅުގައި ދަތިތަކެއް ތަހައްމަލުކުރިއެވެ. ނަމަވެސް މި ސީޒަނުގައި ރަޝްފޯޑު ކާމިޔާބުކުރި 18 ވަނަ ލަނޑާއެކު އެ ޓީމަށް ކުރި ލިބުނެވެ.

ނަމަވެސް އެލަން ސެއިން-މެކްސިމިންވަނީ ނިއުކާސަލްއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެއީ ކޮރޯނާވައިރަސް ޖެހުމުގެ ސަބަބުން ކުޅުމާ ދުރުގައި ދެ މަހެއްހައި ދުވަސް ހޭދަކުރުމަށްފަހު އަނބުރާ ކުޅުމަށް ނުކުމެ އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ނިއުކާސަލްގެ ފަޅިއަކަށް ކުޅޭ ކުޅުންތެރިޔާ އިތުރު ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. އެހެންނަމަވެސް މެޗުގެ 57 ވަނަ މިނިޓުގައި ޑެނިއެލް ޖޭމްސް ކާމިޔާބުކޮށްދިން ގޯލާއެކު މުޅި މެޗުގެ މިސްރާބު ބަދަލުވިއެވެ. އެ ލަނޑާއެކު ނިއުކާސަލް ކުޅުންތެރިންގެ އިތުބާރު ގެއްލި ގޯސްތައް ހަދަން ފެށިއެވެ. އެ ގޯސްތަކުގެ ފައިދާ ނަގައި ބްރޫނޯ ފާނަންޑޭސްވަނީ މި ސީޒަނުގައި އޭނާގެ 22 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

މި ލިއުމާއި ގުޅޭ