Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މަހުގެ އަގު ދަށްކުރީ މިފްކޯ އަށް ގެއްލުންވާތީ: ރައީސް

މަހުގެ އަގު ދަށް ކުރީ ސަރުކާރުން މަސް ގަންނަ ކުންފުނި މިފްކޯއަށް ގެއްލުންވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހުވަދު އަތޮޅުގެ ޓީމުތަކާއި އެކު މިރޭ ބޭއްވި ބައްދަލުވުމުގެ ބައިވެރިއަކު ވަނީ މިފްކޯއަށް މަސް ގަންނަ އަގު ދަށް ކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ މަސް ގަންނަ އަގު ދަށް ކުރީ މިފްކޯއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށެވެ. އަދި މިފްކޯއިން މަސް ގަންނަމުން ދިޔައީ ބޭރަށް މަސް ވިއްކާ އަގަށްވުރެ އެތައް ތަނެއް ބޮޑުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަން ހައްލު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅަކީ މަހަށް ވެލިއު އެޑްކޮށްގެން އެކަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މަސް ގަންނަ އަގު ސަރުކާރުން ދަށް ކުރުމާއި ގުޅިގެން ވަރަށް ގިނަ މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިދިޔަ އަހަރު ފަހުކޮޅު މަސްވެރިން ވަނީ ފެލިވަރަށް އަރާވެސް އިހުތިޖާޖުކޮށްފައެވެ. މަހުގެ އަގަށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިނަމަވެސް ރައީސް ސޯލިހްގެ ސަރުކާރަށް އަދިވެސް އެކަން ވެފައިނުވެއެވެ.

މި ލިއުމާއި ގުޅޭ