ޕޮލޭންޑުގެ ޤައުމީ އެއާލައިން ކަމަށްވާ ލޮޓް ޕޮލިޝް އެއާލައިނުން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ
އެ އެއާލައިނުން ދިވެހިރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ފާއިތުވި ހުކުރު ދުވަހުގައެވެ. އެދުވަހު އެ އެއާލައުނުން 294 ދަތުރުވެރިން އައެވެ. އަދި އަންނަ މަހުވެސް އެ އެއާލައިނުން 5 ޗާޓާޑް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޭޕްރިލްމަހުވެސް ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެއަށް ދަތުރުކުރަނީ ސަން އޯޝަން މޯލްޑިވްސް ޓްރެވެލް އޭޖެންސީ މެދުވެރިކޮށެވެ.
ޕޮލޭންޑަކީ އިރުމަތީ ޔޫރަޕުގެ ޤައުމެކެވެ. އިރުމަތީ ޔޫރަޕުގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު އަންނަނީ މިހާރު އިތުރުވަމުންނެވެ.