Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީގެ ސޯޝަލްމީޑިއާ އިސް އެކްޓިވިސްޓް އަޅާލާނެ މީހަކުނެތި މަގުމަތި ވެފައި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސޯޝަލްމީޑިއާ އިސް އެކްޓިވިސްޓް އަދި އެޕާޓީގެ ޔޫތު ވިންގުގެ މެންބަރެއް ކަމަށްވާ އިޤްބާލް އަޙްމަދުއާއި އޭނާގެ ޢާއިލާ ބޯހިޔާވަހިކަން ގެއްލި މަގުމަތިވެއްޖެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އިޤްބާލް އަޙްމަދު ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށްޓަކައި އެހީ ހޯދުމަށްޓަކައި ރައީސް ޞާލިޙްއާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ ކިބައިން އާދޭސްކޮށް ކެމްޕޭންއެއް ހިންގާފައެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުއާއި އިޤްބާލް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން ޝަހީމްގެ އަރިހުން އޭނާ އެހީއަށް އެދުމުން އިޖާބަދީފައިނުވާކަމަށް އޭނާ ބުނެފައިވެއެވެ.
އޭގެ ފަހުން އެންސްޕާއާއި އާސަންދައިގެ އެހީގެ ދަށުން އިޤްބާލް އަޙްމަދުއާއި އޭނާގެ އާއިލާ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އައުމަށްފަހު ކުރިން ދިރިއުޅުނު ތަނުން ނުކުންނަން ޖެހިފައިވާތީ، ބޯހިޔާވަހިކަމަށް އެދި އެ އާއިލާވަނީ ރައީސް ޞާލިޙްއާ ބައްދަލު ކުރުމަށް މުލިޔާގޭ ކައިރިއަށް ގޮސްފައެވެ. ނަމަވެސް ރައީސް ޞާލިޙްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އަދި ޖަވާބެއް ލިބިފައިނުވާކަމަށް އިޤްބާލް ޓްވިޓާގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވެއެވެ.
އިޤްބާލްއާއި އޭނާގެ ޢާއިލާ މާލޭގެ މަސްވެރިންގެ ޕާކްގައި.
ކޮވިޑް-19އާއި ގުޅިގެން ރާއްޖޭން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވާން ޖެހޭގޮތަށް އެޗްޕީއޭއިން އަންގާފައިވީނަމަވެސް، ވަންނާނެ ތަނެއް ނެތުމުގެ ސަބަބުން މީގެ ތިންދުވަސް ކުރިން އިޤްބާލްގެ ޢާއިލާ އެނބުރި ރާއްޖެ އައިފަހުން ކަރަންޓީނު ނުވެ ދިރިއުޅެމުންދަނީ މާލޭގެ މަސްވެރިންގެ ޕާކް ތެރޭގައެވެ. އޭގެ ތެރޭގައި އިޤްބާލްއާއި އޭނާގެ އަންހެނުންނާއި 08 އަހަރުގެ ކުޑަ ދަރިފުޅު ހިމެނޭކަމަށް އިޤްބާލް އަޙްމަދު ބުނެފައިވެއެވެ.
އިޤްބާލް އާއިލާގެ ހިފައިގެންގުޅޭ ސާމާނުތައް މަގުމައްޗަށް ނެރެފައި. އެތަކެތި މަގުމަތީގައި ހުންނަތާ މިހާރު ތިން ދުވަސް ވެއްޖެ.
އިޤްބާލް އަޙްމަދު ފާހަގަކުރެވިފައިވަނީ ނިމިދިޔަ ދައުރުގައި އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުންނާއި އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި އިސް އެކްޓިވިސްޓެއް ގޮތުގައެވެ. އޭނާ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށްޓަކައި ސޯޝަލް މީޑިއާގައި ސަލާން ޖަހައި އަދި މިހާރު ބޯހިޔާވަހިކަމެއްނެތި މަގުމަތިވެފައިވާ އިރު އޭނާއަށް އެމްޑީޕީގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ލިބިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.
އިޤްބާލްގެ އާއިލާ މިއަދު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ޕްރޮޓެކްޝަންގެ އެހީތެރިކަމަށް އެދި އެ އާއިލާއިން ދިއުމުން އެހީތެރިކަމެއް ނުދީ މަލާމަތްކޮށްފައިވާކަމަށާއި އަދި މަގުމަތީގައި ކުޑަ ދަރިފުޅާއިއެކު ތިން ދުވަސް ހޭދަކުރި އިރު އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް މިހާތަނަށް ލިބިފައިނުވާކަމަށްވެސް އިޤްބާލްގެ އަނބިމީހާ ބުނެފައިވެއެވެ. އަދި އެ އާއިލާއިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް ހާލަތު ބަޔާންކޮށްދޭ ނިންމީ ސަރުކާރާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ ކިބައިން އާދޭސްކޮށް އަލިމަގެއް ނުފެނި ތިން ދުވަސް މަގުމަތީގައި ހޭދަކުރުމަށް ފަހުގައިކަންވެސް ފާހަގަކުރިއެވެ.
މި ލިއުމާއި ގުޅޭ