Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޫސްވެރިން

ޗެނަލް-13ގެ ނޫސްވެރިންނަށް އަނިޔާކުރާތީ ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި

ޗެނަލް-13 ގެ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ކުރިމަތިވަމުންދާ އަނިޔާއާ ގުޅިގެން މިއަދު މޯލްޑިވްސް މީޑިޔާ ކައުންސިލް ކައިރީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

އެންމެ ފަހުން ފާއިތުވި ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން "ފުލެޓު ކޮބާ؟" ނަމުގައި ބޭއްވި މުޒާހަރާ ކަވަރުކުރުމުގެ މަސައްކަތް ނިންމުމަށްފަހު ޗެނަލް-13ގެ ނޫސްވެރިންތަކެއް ލެސޫގު ރެސްޓޯރަންޓަށް އަރައި ތިއްބައި، އެތަނަށް ފުލުހުން ވަދެ، އެތަނުން އެ ނޫސްވެރިން ބޭރުކޮށްފައިވެއެވެ، އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ފުރަތަމަ ބުނެފައިވަނީ އެ ނޫސްވެރިން އެތަނުން ބޭލިއިރު އެއީ ނޫސްވެރިން ކަމެއް ނޭނގޭ ކަމުގައެވެ.

ނަމަވެސް ނޫސްވެރިޔާ ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިޔޯ އާންމުކުރިއިރު އެ ނޫސްވެރިޔާ ނޫސްވެރިކަމުގެ ފާސް އަޅާފައިގެން ހުރިކަން ފެނެއެވެ. އެ ވީޑިޔޯ އާންމުކުރުމާއެކު، ފުލުހުންގެ ބަސް ބަދަލުކޮށްފައިވެއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އެ ހާދިސާގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަން ފުލުހުންގެ އެތެރެއިން ބަލާނެ ކަމަށެވެ.

މިއަދު އޮތް ހިމޭން މުޒާހަރާ ނިންމައިލުމުގެ ގޮތުން ޗެނަލް-13އިންވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލަށާއި، ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސްއަށް ސިޓީއެއްވެސް ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ