Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުމަރު ނަސީރު

އުތުރުތިލަފަޅުގައި ބަނދަރެއް އަޅަނީ އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތައް ބަނދަރުކުރުމަށް: އުމަރު

އުތުރުތިލަފަޅުގައި އިންޑިއާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިއާގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުތައް ބަނދަރުކުރުމަށާއި މަރާމާތުކުރުމަށް އަދި އިންޑިއާ ސިފައިންގެ ރާއްޖެ ސަރަހައްދުގައި ބޭތިއްބުމަށް މަގުފަހިކުރުމަށް އަޅާ ތަނެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ލޯނެއް ނަގައިގެން އުތުރތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްޤީ ކުރުމަށް ސަރުކާރުން އިންޑިއާ އާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރުމާއި ގުޅިގެން އުމަރު ފޭސްބުކްގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ސަބަބުން ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރު ތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

އަޅުގަނޑުގެ ވެރިކަމެއްގައި އިންޑިޔާގެ ހުރިހާ ސިފައިން މި ޤައުމުން ފޮނުވާލެވޭނެ
އުމަރު ނަސީރު

އަދި ޚާރިޖީ ގުޅުމުގެ ތެރެއިން އެހެން ޤައުމު ތަކާ ދިފާޢީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާގޮތަށް ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން އުމަރު ވިދާޅުވީއިންޑިޔާ ކަޑުގެ 'ގޭޓް ކީޕަރު' ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށްކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ފާހަގަކުރެއްވި ގޮތުގައި އުތުރުތިލަފަޅާއި އެކު ރާއްޖޭގެ 4 ސަރަހައްދެއްގައި އިންޑިއާ ސިފައިން މިހާރުވަނީ އެކި ނަންނަމުގައި ބައިތިއްބާފައެވެ. މިގޮތުން އައްޑޫ، ލ.ކައްދޫ، ހދ.ހަނިމާދޫ ގައި އެމީހުންގެ އުޅަނދުތަކާއެކު ޤާއިމްކޮށްފައި ތިބިކަން އުމަރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން މިހާރު ދަނީ މަޑުމަޑުން ގެއްލެމުން ކަމަށާއި އުމަރުގެ ވެރިކަމެއްގައި އިންޑިއާ ހުރިހާ ސިފައިން މި ޤައުމުން ފޮނުވާލެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައި މިއަދު ސަރުކާރުން ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް އެތަނުގައި ޤާއިމްވެގެން ތިބެވޭނެއެވެ. އެހެން ނަމަވެސް، ސަރުކާރުން ދަނީ އެތަނުގައި ތިބޭނީ އިންޑިއާ ސިފައިން ނޫން ކަމަށާއި އިންޑިއާގެ ޓެކްނިކަލް ފަރާތްތަށް ކަމަށް ބުނެފައެވެ. އަދި އެ ޓެކްނިކަލް ފަރާތްތައް ނިސްބަތްވަނީ އިންޑިއާގެ ކޮން މުއައްސަސާއަކަށްތޯ ސުވާލުކުރުމުން އެމްއެންޑީއެފްއަކަށް އެ ސުވާލަށް ޖަވާބު ދެވިފައިނުވެއެވެ.

މި ލިއުމާއި ގުޅޭ