Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލިވަރޕޫލް

އަމިއްލަ ދަނޑުގައި އެވާޓަން އަތުން ލިވަޕޫލު ބަލިވެއްޖެ

އެވާޓަނަށް ލިވަޕޫލު ދަނޑުގައި އެންމެ ފަހުން އެ ޓީމުގެ މައްޗަށް ކާމިޔާބެއް ހޯދިފައިވަނީ 1999 ވަނަ އަހަރުގައެވެ. ނަމަވެސް ހޮނިހިރުދުވަހު ލިވަޕޫލު ދަނޑުގައި އެވާޓަންއިންވަނީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލު ބަލިކޮށްފައެވެ.

އޭގެ އިތުރަށް މި ބައްޔަކީ 10 ވަރަކަށް އަހަރު ތެރޭގައި ލިވާޕޫލު އެވާޓަން އަތުން ބަލިވި ފުރަތަމަ މެޗެވެ. އެހެންކަމުން މިއީ އެ ޓީމަށް ކުރިމަތިވި ތާރީޚީ ނާކާމިޔާބެކެވެ.

އެވާޓަންގެ ރިޗާލިސަން ކާމިޔާބުކޮށްދިން ގޯލަށްފަހު ސިގުޑްސަންވަނީ އެންމެ ފަހު ވަގުތު ލިބުނު ގޯލެއް ކާމިޔާބުކޮށް 2-0ގެ ނަތީޖާއަކުން އެވާޓަންއަށް މި މެޗު ކާމިޔާބުކޮށްދީފައެވެ. މިއީ ޖެހިޖެހިގެން ލިވަޕޫލުގެ ދަނޑުގައި އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ.މިއީ 1923 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން 4 މެޗެއްގައި އެ ޓީމު އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ފާއިތުވި ސީޒަނުގައި އެ ޓީމުން ކާމިޔާބުކުރި ލީގު ދިފާޢުކުރަން ނުކުތް ލިވަޕޫލަށް މި ސީޒަނުގައި ޕްރިމިއާލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރެވޭނެ ކަމާމެދުވެސް މިހާރު ޝައްކެވެ. ރޭގެ މެޗުގައިވެސް ލިވަޕޫލުގެ އިތުރު ކުޅުންތެރިއަކަށް އަނިޔާވެފައިވެއެވެ. އެގޮތުން މެޗުގެ 30 މިނިޓު ހަމަނުވަނީސް ޑިފެންޑަރު ޖޯޑަން ހެންޑާސަންއަށް އަނިޔާވެގެން މެޗުން ބާލަން މަޖުބޫރުވިއެވެ.

މީގެ ކުރިން ލިވަޕޫލުގެ ކޯޗު ކްލޮޕް ބުނެފައިވަނީ ކުޅުންތެރިއަކަށް އަނިޔާވެއްޖެ ކަމުގެ ޚަބަރު ލިބުމުން އެއީ ކޮންތާކަށް ކުޅޭ ކުޅެންތެރިއެއްތޯ މެޑިކަލް ސްޓާފުންކުރެން އޮޅުންފިލުވަން މިހާރު ނުޖެހޭ ކަމަށެވެ. އަނިޔާވަނީ ޑިފެންޑަރުންނަށްކަން އެނގޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ