Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

އެސްޓްރާޒެނެކާއިން ޖަޕާނުގައި ވެކްސިން އުފައްދަނީ

ޖަޕާނު ސަރުކާރުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެސްޓްރާޒެނެކާ ކުންފުނީގެ ވެކްސިން އެ ޤައުމުގައި އުފައްދައި އެ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާނެ ކަމަށް ޖަޕާނުގެ ޤައުމީ ޓީވީ އެންއެޗްކޭއިން ރިޕޯޓުކޮށްފިއެވެ. އެ ރިޕޯޓުގައި ހަވާލާދީފައިވަނީ އެސްޓްރާޒެނެކާގެ ޖަޕާނު ގޮފީގެ އޮފިޝަލަކަށެވެ.

ޖަޕާނުގެ ސަރުކާރުން އެސްޓްރާޒެނެކާ ކުންފުންޏާއެކު 60 މިލިއަން މީހުންނަށް ބޭނުންވާ މިންވަރަށް ވެކެސިން ގަތުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށްވެސް އެ ޓީވީން ރިޕޯޓުކުރިއެވެ. އަދި ހެލްތު މިނިސްޓްރީން އެ ކުންފުނީގެ ވެކްސިނަށް ހުއްދަ ހޯދަން މި މަހުގެ ކުރީ ކޮޅުގައި އެދިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ހުޔޯގޯގައި ހުންނަ ޖޭސީއާރު ފާމެސިއުޓިކަލްސް ކުންފުންޏާއެކު އެސްޓްރާޒެނެކާއިންވަނީ 40 މިލިއަން މީހުންނަށް ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދުމުގެ އެއްބަސްވުމެއް އެކުލަވައިލާފައި ކަމަށް އެންއެޗްކޭއިން ބުނެފައިވެއެވެ.

އެސްޓްރާޒެނެކާ ކުންފުނީގެ ވެކްސިނަކީ އެ ކުންފުންޏާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އީޖާދުކުރި ވެކްސިނެކެވެ. އެ ވެކްސިން އުފެއްދުމަށް އެ ކުންފުނިންދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވެކްސިން އުފައްދާ ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެގޮތުން ކޮރެއާގައި މިހާރުވެސް އެ ވެކްސިން އުފައްދަމުންދެއެވެ. އަދި އިންޑިޔާގެ ސީރަމް އިންސްޓިޓޫޓުންވެސް އެ ވެކްސިން އުފައްދައި ކޮވިޝީލްޑުގެ ނަމުގައި ބާޒާރަށް ނެރެފައިވެއެވެ.

މި ލިއުމާއި ގުޅޭ