Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

ކޮވިޑު-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

ދިވެހި ފިލްމީ ދާޢިރާގައި މަޝްހޫރު ކަން ހޯދާފައިވާ ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ކުރިން ފިލްމު ކުޅުނު ފަރާތެއް ކަމުގައިވާ ރީކޯ މޫސާ މަނިކެވެ. މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑު-19 ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ، ކޮއްޔަ ހަސަން މަނިކު ދާދި ދެންމެ އަކު ނިޔާވެއްޖެ ކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭ އިން އަދި މިހާތަނަށް މިކަން ކަށަވަރުކޮށްދީފައި ނުވެއެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައިވެސް ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާރު ކޮވިޑު-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 60 އަށް އަރާފައެވެ.

މި ލިއުމާއި ގުޅޭ