Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސިޓްސީޕާސް ބަލިކޮށް މެޑްވެޑޭވް އޮސްޓްރޭލިއަން އޮޕެންގެ ފައިނަލަށް ދަތުރުކޮށްފި

ޑެނިޔަލް މެޑްވެޑޭވްއަށް ގްރޭންޑް ސްލޭމް ތައްޓެއް ކާމިޔާބުކުރުމަށް އަނެއްކާވެސް އައު ފުރުޞަތެއް ފަހިވެއްޖެއެވެ. އެގޮތުން އޮސްޓްރޭލިއަން އޮޕެންގައި ސްޓެފާނޯސް ސިޓްސިޕާސް ބަލޮކޮށް އޭނާވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
އޭނާ މި މެޗު ކާމިޔާބުކުރީ 6-4 6-2 7-5 ގެ ނަތީޖާއަކުންނެވެ. މިއީ ޖެހިޖެހިގެން އޭނާ ހޯދި 20 ވަނަ މޮޅެވެ. މި މުބާރާތުގެ 4ވަނައަށް ސީޑުކޮށްފައިވާ އުމުރުން 5 އަހަރުގެ މެޑެވެޑޭވް ފައިނަލުގައި ކުޅޭނީ ސާބިއާގެ ޓެނިސް ކުޅުންތެރިޔާ ނޯވާކް ޖޮކޮވިޗްއާއެވެ. މި މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ.
އެންމެ ފަހުން އޭނާ ގްރޭންޑް ސެލޭމް މުބާރާތެއްގެ ފައިނަލު ކުޅުނީ 2019 ވަނަ އަހަރު ޔޫއެސް އޮޕެންގެ ފައިނަލް މެޗެވެ. މެޑްވެޑޭވުގެ އަމާޒަކީ 2005 ވަނަ އަހަރުން ޓެނިސްގެ މައި މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ރަޝިޔާ ކުޅުންތެރިޔާއަށް ވުމެވެ.
މި މުބާރާތުގެ އެއްވަނާގައި ސީޑުކޮށްފައިވާ ޖޮކޮވިޗްއާ ދެކޮޅަށް ނުކުންނައިރު މެޑްވެޑޭވު ވަނީ ސާބިއާ ކުޅުންތެރިޔާ އާ ބައްދަލުކުރި 4 މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް ފައިނަލެއްގައި ކުރިމަތިލާން ޖެހުންވާނީ މުޅިން ތަފާތު ކަމަކަށެވެ.
މެޑްވެޑޭވް ބުނެފައިވަނީ 2019 ވަނަ އަހަރު ޔޫއެސް އޮޕެންގެ ފައިނަލުގައި ރަފައެލް ނަދާލް އަތުން ބަލިވި ބުރުގައި ވަރަށް ގިނަ ކަންކަން ދަސްކުރެވިފައިވާ ކަމަށެވެ. އަދި އެއިރު ކުރިމަތިލީ ޓެނިސްގެ އެންމެ ވަރުގަދަ ކުޅުންތެރިން ތެރެއިން އެކަކާ ކަމަށާއި އާދީއްތަ ދުވަހުގެ ފައިނަލުގައިވެސް ބައްދަލުކުރަންޖެހެނީ މި ކުޅިވަރުގެ އެންމެ ވަރުގަ އެއް ކުޅުންތެރިޔާއާ ކަމަށް އޭނާ ބުންޏެވެ.
މި ލިއުމާއި ގުޅޭ