Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މޮސްޓާ ރައީސް ނަޝީދަށް: އިންތިޚާބާ ދިމާކޮށް ހޮޓަލަށް އެރުމުން ރައްޔިތުންގެ މީހާއަށް ނުވާނެ

އިންތިޚާބާ ދިމާކޮށް ސައިހޮޓާތަކަށް އަރާވަޑައިގަތުމުން ރައްޔިތުންގެ މީހާގެ ގޮތުގައި ރައްޔިތުން ބަލައިގަތް ޒަމާން މިހާރު ފާއިތުވެއްޖެ ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް މަޖިލިހުގެ ނިޅިވަރަމް ދާއިރާ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.
މިފަދައިން މޮސްޓާ ވިދާޅުވެފައިވަނީ މިއަދު މެންދުރު ފަރިއްކޮޅު ހިއްޕެވުމަށް ގޮލޮޅު ކަންމަތީ ހޮޓަލަށް ރައީސް ނަޝީދު ވަޑައިގެންނެވި މަންޒަރު ފޮޓޯ ނަގައި އެކްޓިވިސްޓުން މީސްމީޑިޔާގައި އާންމުކޮށް، ބައެއް މީޑިޔާތަކުން އެ ޚަބަރު ގެނެސްދިނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދަކީ އިންތިޚާބެއް ގާތްވުމާއެކު މިފަދަ ކަންކަން ކުރައްވާ ބޭފުޅެކެވެ.
މޮސްޓާގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ކޮންމެ އިންތިޚާބަކާ ދިމާކޮށް ސައި ހޮޓަލަށް އަރާވަޑައިގެން، ބައިސްކަލު ދުއްވަވައި، ނައިލޯނު ފައިވާނުކޮޅެއް ތުރުކުރައްވައިގެން މަގު މައްޗަށް ނުކުމެވަޑައިގަތުމުން ރައްޔިތުންގެ މީހަކީ ރައީސް ނަޝީދު ކަމަށް ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.
އަދި ރައްޔިތުންގެ މީހެއްގެ ގޮތުގައި މިހާރު ރައްޔިތުން ބަލައިގަންނާނީ އަމަލުން ރައްޔިތުންނަށް ތަސައްލީ ލިބޭނެ ސިޔާސަތުތަކެއް ތަންފީޒުކުރައްވާ ބޭފުޅެއް ކަމުގައިވެސް މޮސްޓާ ވިދާޅުވިއެވެ. އަދި ސިޔާސީ ބޭފުޅުންގެ ދެއްކުންތެރިކަމާއި ހީލަތުގެ ގުއިރޯނުގައި މިހާރު ރައްޔިތުން ނުޖެހޭނެކަން މޮސްޓާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ގުއިރޯނުގައި ރައްޔިތުން ޖެއްސުނު ދުވަސް ފާއިތުވެއްޖެ ކަމުގައި މޮސްޓާ ވިދާޅުވިއެވެ.
އިންތިޚާބުތަކާ ދިމާކޮށް، ސައި ހޮޓަލުން ފަރިއްކުޅުއްވުމާއި އާދައިގެ ރައްޔިތުން ކުރާ އެހެންވެސް ބައެއް ކަންކަން ކުރައްވައި މީސްމީޑިޔާގައި އެމްޑީޕީ އެކްޓިވިސްޓުން މެދުވެރިކޮށް ފޮޓޯ ދައުރުކުރުވުމަކީ ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް އެހެން ބޭފުޅުންވެސް ކުރައްވާ ކަމެކެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް ނަޝީދަކީވެސް ރާއްޖޭގެ ނިސްބަތުން ތަނަވަސް ބޭފުޅެކެވެ. އަދި ކާވެނިބައްލަވައިގެން އުޅުއްވަނީވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި އާއިލާގެ ބޭފުޅަކާއެވެ.
މި ލިއުމާއި ގުޅޭ