Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮލަރުގެ އަގު

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމާ ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފި

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމާ ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފިއެވެ.
މަރުކަޒީ ބޭންކް އިން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ކަރުދާހެއް ހުށަހަޅާފައެވެ. މި މަޝްވަރާތައް ކެބިނެޓުގައި ކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމާއި ގުޅޭ ސިޔާސަތު އެކުލަވާލުމަށް ދެތިން މަސް ހޭދަވާނެ ކަމަށެވެ. ކެބިނެޓުގައި އެ މަޝްވަރާތައް ކުރި ނަމަވެސް އެކަމުގެ އުސޫލުތައް އެކުލަވާލާނީ އެމްއެމްއޭ އިންނެވެ.
ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޑޮލަރުގެ އަގު ކޮންޓްރޯލްކޮށް ކަޅު ބާޒާރު ނައްތާލުމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިގެން ދިޔަ ދުވަސްވަރު ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާ އަށް އުފުލިގެން ދިޔައެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ އަގު 20 ރުފިޔާ އަށް އަރައިގެން ދިޔައެވެ.
މި ލިއުމާއި ގުޅޭ