ބެލަރޫސްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަސްތެރޭ ކުރިއަށް ގެންދިޔަ މުޒާހަރާތައް ލައިވް ސްޓްރީމްކުރި މައްސަލާގައި ދެ ނޫސްވެރިއަކު ޖަލަށްލައިފިއެވެ.
ކެޓަރީން ބަކްވަލޯވާ އަދި ޑާރިއާ ޗުލްޓްސޯވާ ހައްޔަރުކޮށްފައިވަނީ މުޒާހަރާތައް ލައިވް ސްޓްރީމް ކުރަމުން ދަނިކޮށެވެ. އެ ދެމީހުން މަސައްކަތްކުރަނީ ޕޮލޭންޑުގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ ބެލްސަޓް ޓީވީގައެވެ. ބެލަރުސްގެ އިދާރާތަކުން ވަނީ އެމީހުން އެ މުޒާހަރާތައް ލައިވް ކުރުމާއި ގުޅިގެން އިތުރު މީހުން މުޒާހަރާތަކާއި ގުޅި ބެލަރުސްގެ އާންމު ދަތުރުފަތުރަށް ހުރަސް އެޅުނު ކަމަށް ބުނެފައެވެ.
މިދިޔަ އަހަރު ބެލަރުސްގައި ބޭއްވި ރިޔާސީ އިންތިހާބުން އެ ޤައުމުގެ ރައީސް އެލެކްގްޒެންޑާ ލުކަޝެންކޯ މޮޅުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ލުކަޝެންކޯ އިންތިހާބުން މޮޅުވެފައިވަނީ މަކަރު ހަދައިގެންނެވެ.
ކެޓަރީން ބަކްވަލޯވާ އަދި ޑާރިއާ ޗުލްޓްސޯވާ މަސައްކަތް ކުރާ ބެލަސެޓް ޓީވީ އިން ވަނީ އެ ދެ ނޫސްވެރިންނަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.