Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައިންސު

މިލިއަން އަހަރުވެފައިވާ މެމޮތުތަކެއްގެ ޖީނޯމް ސައިންސްވެރިން ޑީކޯޑުކޮށްފި

ދިރާސީ މަޖައްލާ "ނޭޗާ" ގައި ޝާއިޢުކޮށްފައިވާ ދިރާސީ ކަރުދާހެއްގައި ޔުނިވަސިޓީ އޮފް ސްޓޮކްހާމް ޔުނިވާސިޓީގެ ސައެންޓިސްޓުންތަކެއްވަނީ މެމޮތުތަކެއްގެ ޑީއެންއޭ ސީކުއެންސް ދެނެގެނެފައެވެ. މި މެމޮތުތަކަކީ އުތުރު އިރުމަތީ ސައިބީރިއާގައި އެއް މިލިއަން އަހަރު ކުރިން ދިރިއުޅުނު މެމޮތެވެ.

މި ޓީމުގެ މަސައްކަތަކީ މެމޮތުގެ ޑީއެންއޭގެ ދިރާސާގައި މިހާތަނަށް ހަދާފައިވާ ރެކޯޑެކެވެ. މި ޑީއެންއޭއަކީ މީގެ ކުރިން ސައެންސްވެރިން އަލުން ބިނާކޮށްފައިވާ މެމޮތުގެ ޑީއެންއޭއަށްވުރެ ބައި މިލިއަން އަހަރު މުސްކުޅި ޑީއެންއޭއެކެވެ. މިފަދަ ޑީއެންއޭއަކީ މާޒީ ދިރާސާކޮށް ދެނެގަތުމުގައި ވަރަށް ބޮޑަށް އެހީތެރިވާ ތަކެއްޗެވެ.

ޑީއެންއޭ ދިރާސާކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިރުމެއް މަރުވުމަށްފަހު އޭގެ ޑީއެންއޭ މަޑުމަޑުން ހަލާކުވާން ފަށާ ކަމެވެ. ސައެންސްވެރިން ދެކޭ ގޮތުގައި 6އެއްކަ މިލިއަން އަހަރަށް ފަހުން، ޑީއެންއޭގެ އަސްލީ އުންސުރުތަކާ ހަމައަށް ޑީއެންއޭ ނެތިގެންދެއެވެ. އެކަމުގެ ސަބަބުން އަލުން ޑީއެންއޭ ބިނާކުރުން އޮންނަނީ އުދަގޫ ކަމަކަށްވެފައެވެ. ނަމަވެސް ފިނީގެ ސަބަބުން ޑީއެންއޭ އިންދިރާސްވުން މަޑުޖައްސައިލާ ކަމަށް ސައެންސްވެރިން ބުނެއެވެ.

މި ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސައެންސްވެރިއެއް ކަމުގައިވާ ލަވް ޑާލެން ވިދާޅުވި ގޮތުގައި އެ ބޭފުޅުން އެންމެ ބޮޑަށް ޝައުޤުވެރިވީ 1970 ވަނަ އަހަރުގައި ހޯދުނު މޮމެތް މޯލާތަކަކަށެވެ. މި މޯލާތަކުން ޑީއެންއޭ ނަގައި އެ ޑީއެންއޭ އަލުން ބިނާކުރުމުގެ މަސައްކަތް ސައެންސްވެރިންވަނީ ފުރިހަމަކޮށްފައެވެ.

މި ދިރާސާއިން ފެނުނު އެންމެ ތަފާތު އެއް ހޯދުމަކީ މުޅިން އައު އާއިލާއަކަށް ނިސްބަތްވާ މެމޮތެކެވެ. އެއީ ކުރިން ހޯދިފައިނުވާ އާއިލާއެކެވެ. އެއީ ކޮލަމްބިއަން މެމޮތުގެ އެހެން ބާވަތެކެވެ. އެއީ އުތުރު އެމެރިކާގައި 1.5 މިލިއަން އަހަރު ކުރިން އުޅުނު މެމޮތެކެވެ. އަޑީޗާ މެމޮތަކީ މަޝްހޫރު ވޫލީ މެމޮތުގެ އަސްލެކެވެ. ވޫލީ މެމޮތުގެ ވަރަށް ގިނަ ޞިފަތައް މި މެމޮތުގެ ކިބައިން ފެނިފައިވެއެވެ.

މި ލިއުމާއި ގުޅޭ