Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ކުއޯ ވާޑިސް އާއިދާ؟: ސާބިއާގެ ޤާތުލު އާންމުގެ ވާހަކަ ކިޔައިދޭ ފިލްމެއް

"ޔޫރަޕް، ބޮސްނިއާ، ޖުލައި 1995" މި ޢިބާރާތްތަކަކީ ޖަސްމީލާ ޒްބަނިޗްގެ "ކުއޮސް ވާޑިސް ޢާއިދާ؟" މި ފިލްމު ފަށާ އިބާރާތްތަކެވެ. ބޮސްނިއާގެ މި ފިލްމަކީ ސްރެބްރީނީސާއަށް ނިސްބަތްވާ އދގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ އާއިދާގެ ހަޔާތުގެ މައްޗަށް އަލިއަޅުވައިލާ ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގައި ފެނިގެންދަނީ އެ ރަށް ބިސްނިއާގެ ސާބު ނަސްލުގެ ޖެނެރަލް ރަޓްކޯ މްލަޑިޗްގެ ލަޝްކަރުތަކުގެ އަތް ދަށަށް އައުމަށްފަހު، އޭނާގެ ޢާއިލާ ސަލާމަތްކުރުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ބިސްނިއާގެ ޤަތުލު ޢާންމުތަކާ ގުޅޭ ގިނަ ފިލްމުތަކެއް މިހާތަނަށް ތައްޔާރުކުރެވުނު ނަމަވެސް މިއީ ސްރެބްރީނީސާގެ ޤަތުލު އާންމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވުނު ފުރަތަމަ ފިލްމެވެ. މި ފިލްމު ތައްޔާރުކޮށް އާންމުންނާ ހަމައަށް ގެނެސްފައިވަނީ މި ޤަތުލު ޢާންމު ހިނގިތާ 25 އަހަރު ފުރޭ އަހަރުގައި ކަމަށްވުމީ މި ފިލްމުގެ މުހިއްމުކަން އިތުރުވާ އެއް ސަބަބެވެ.
މި ފިލްމަކީ ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ ފިލްމެކެވެ. ފިލްމުގައި ފެނިގެން ދާ ކަންކަމަކީ ކޯޓުގައި ސްރެބްރެނިސާގެ ޤަތުލު ޢާންމާ ގުޅިގެން ސާބިތުވެފައިވާ ތާރީޚީ ޙަޤީޤަތްތަކާއި ޙާދިސާތަކުގެ މައްޗަށް އެކުލެވޭ ފިލްމެކެވެ. މި ފިލްމުގައި އުފައްދާފައިވާ ޝަޚުޞިއްޔަތުތަކަކީ ތާރީޚީ ޝަޚުޞިއްޔަތްތަކުގެ މައްޗަށް އެކުލެވޭ ފިލްމެކެވެ.
އެހެންނަމަވެސް މި ފިލްމަކީ ހަނގުރާމައިގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ނޫނެވެ. ފިލްމަކީ މަންމައަކު އެ މަންމަގެ ދަރިން ސަލާމަތްކުރުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ ޝަޚުޞީ ޑްރާމާއެކެވެ.
މި ފިލްމުގައި ފެންނަނީ ޕޮޓަކާރީގައި ހުރި އދ.ގެ ޞުލްޙަ ބަލަހައްޓާ ފޯސްގެ ބޭސްގައި ތިބި ޑަޗް އޮފިސަރުން ގާތަށް ޢާއިދާ ހިނގައިގެން އޭނާގެ ދަރިން ސަލާމަތްކުރުމަށް ކުރި މަސައްކަތެވެ. އެކި އޮފިސަރުން ގާތަށް އޭނާ ގޮސް ކުރި އާދޭހާއި ތަހައްމަލުކުރި ހިތްދަތިކަމާއި ބިރުވެރިކަމާއި، ދަރިންނަށް ކުރިމަތިވެދާނެ ވޭނަކާއި ލިބިދާނެ އަނިޔާއާމެދު އޭނާގެ ހިތުގައި އުފެދެމުންދިޔަ އެކި ޝުޢޫރުތައް މި ފިލްމުގައި ފެނިގެންދެއވެ.
މި ފިލްމުގައި ޢާއިދާގެ އާއިލާ ބޮސްނިއާގެ ލަޝްކަރުތަކާ ހަވާލުކުރުމުގެ ކުރިން އޭނާގެ ދަރިންކުރެ އެންމެ ކުއްޖަކު އޭނާއަށް ހޯދައިދިނުމަށް ޑަޗް ސިފައިން ކިބައިން އޭނާ އެދެއެވެ. އަދި މިފިލްމުގައި ދައްކުވައިދީފައިވަނީ މި ޤަތުލު ޢާންމަކީ ހުސްކަމެއްގެ ތެރޭގައި ހިނގި ޤަތުލު ޢާންމެއް ނޫން ކަމެވެ. އެ ޤަތުލު ޢާންމު ހިނގީ ހެކިވެރިންނާއި ބައިވެރިން މެދުވެރިވެގެން ކަމެވެ. ބައެއް މީހުންނަކީ އެ އަނިޔާވެރި ޢަމަލުތައް ހިނގިއިރު ދުރުގައި ނުރުހުމުގެ ބަހެއް ނުބުނެ ބަލަން ތިބި މީހުންނެވެ.
ފިލްމުގެ ފަސްމަންޒަރު މިއުޒިކު ވަރަށް ކުޑައެވެ. މުޅި ފިލްމުގައި އިވެނީ ހަނގުރާމައިގެ ބިރުވެރި އަޑުތަކެވެ. އެއީ ހަނގުރާމައަށްފަހު އަނބުރާ އާންމު ދިރިއުޅުމަށް ޢާއިދާ ރުޖޫއަވެ، ސުކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައި، އެ ސުކޫލުގެ ދަރިވަރުން ސްޓޭޖު މަތީގައި ލޮލުގައި އަތް އަޅައިގެން ތިބޭ މަންޒަރާ ހަމައަށެވެ. އެ މަންޒަރުން ރަމްޒުކޮށްދެނީ އަނިޔާވެރި އަމަލުތަކަށް ކަނު ލޮލެއް ދިން މީހުންގެ ޙާލަތެވެ.
މި ލިއުމާއި ގުޅޭ