Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗެމްޕިއަންސް ލީގު

ހާލަންޑްގެ މޮޅު ކުޅުމާއެކު ފަހަތުން އަރައި ޑޯޓުމަންޑުން ސެވިއާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗުތަކުގެ ފުރަތަމަ ލެގުގައި ސެވިއާއާއި ޑޯޓްމަންޑު ބައްދަލުކުރި މެޗުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ޑޯޓުމަންޑު މޮޅުވެއްޖެއެވެ. އެ މެޗުގައި ޑޯޓުމަންޑުގެ ޒުވާން ތަރި އާލިން ހާލަންޑްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ބޮރޫޝިއާ ޑޯޓުމަންޑުގެ މައްޗަށް އެންމެ ފުރަތަމަ ކުރި ހޯދީ ސެވިއާއިންނެވެ. އެގޮތުން ސެވިއާގެ ފޯވާޑު ސޫސޯގެ ގޯލާއެކު ސެވިއާއަށް ކުރި ލިބުނެވެ. ނަމަވެސް ޑޯޓުމަންޑުގެ މަޙްމޫދު ދަހޫދުވަނީ ދެ ޓީމު އެއްވަރުކޮށްދީފައެވެ. އަދި ހާލަންޑުވަނޫ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއްވެސް ކާމިޔާބުކޮށްދީފައެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުން 8 ގޯލު ހާލަންޑުވަނީ ކާމިޔާބުކޮށްދީފައެވެ. އަދި މުޅި ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތއެއްގައި 24 މެޗު ކުޅެ 25 ގޯލު އޭނާ ކާމިޔާބުކޮށްފައިވެއެވެ.

މެޗަށްފަހުގައި ވާހަކަދައްކަމުން 20 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބުނެފައިވަނީ ރޭގެ މެޗަށް ނުކުތުމުގެ ކުރިން ޕީއެސްޖީ އަދި ބާސެލޯނާ ބައްދަލުކުރި މެޗުގައި ޕީއެސްޖީގެ ފޯވާޑު އެމްބައްޕޭ ކާމިޔާބު ގޯލުތައް ބަލައިލިކަމަށާއި، އެ ގޯލުތައް ބެލުމުން އެކަހަލަ ގޯލުތަކެއް ޖަހަން ބޭނުންވި ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ޑޯޓުމަންޑު ވަރަށް ވަރުގަދަކޮށް ފެނުނު ނަމަވެސް ބުންޑެސްލީގާގައި އެ ޓީމު ފެންނަނީ ވަރަށް ބަލިކަށިކޮށެވެ. އަދި މިހާރު އެ ޓީމު އޮތް ހާލަތުން ބުންޑަސްލީގާގެ ގަދަ ހަތަރެއްގައިވެސް ނުހިމެނުމުގެ ބިރު އެބައޮތެވެ.

މި ލިއުމާއި ގުޅޭ