Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ސިފައިންގެ ތެރެއަށް އިންޒާރުގެ ގަނޑުތައް އެޅި މައްސަލާގައި ރައީސް މާރިޔާ އަދި ޝަމާލާއި ބައްދަލުކުރައްވައިފި

ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް އިންޒާރުގެ ގަނޑުތަކެއް އެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ.
މިއަދު ސިފައިންގެ މައި މަރުކަޒުތެރެއަށް އަޅާފައިވާ ގަނޑުތަކެއްގައި ވަނީ ސަރުކާރާއި ސިފައިންގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައެވެ. މިގޮތުން ކޮވިޑު-19 ފްރޮންޓްލައިން އެލޮވެންސް ނުލިބުމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި މީގެ އިތުރުން އެ ލިޔުމުގައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި މޭޖާ ޖެނެރަލް ޝަމާލް ސިފައިންގެ ބައެއް އޮފިސަރުންނަށް ޕްރޮމޯޝަނާއި ކާރުދީގެން މައިތިރިވާނެ ކަމަށް ހީނުކުރުމަށް ގޮވާލާފައެވެ.
އަދި ކޮވިޑު އެލެވެންސް "ބަނޑުއަޅައިގެން" ތިހެން ނުތިބެވޭނެ ކަމަށާއި އެލެވެންސްގެ ލާރި އަމިއްލަ މަންފާއަށް ހަރަދުކުރެވޭނެ ކަމުގެ ހަނދާން ނައްތާލުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ލިޔުން ނިންމާލަމުން ވަނީ "ފިނިފެންމާ ލޯންޗު ތަކުރާރު" ވެދާނެ ކަމަށް ބުނެފައެވެ.
މި ކަމާއިގުޅިގެން މިހާތަނަށް އެމްއެންޑީއެފްއިން އަދި ސަރުކާރުންވެސް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އެހެން ނަމަވެސް "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މާރިޔާ އަދި ޝަމާލު ހާޒިރުކޮށް ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
"ފިނިފެންމާ ލޯންޗު ތަކުރާރުވެދާނެ" ކަމަށް ބުނެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ފިނިފެންމާ ލޯންޗުން ދަތުރުކުރައްވަނިކޮށް އެ ލޯންޗު ގޮއްވާލުމުގެ ހާދިސާއަށް ކަމަށް ލަފާކުރެވެއެވެ.
ދާދިފަހުން އެމްއެންޑީއެފް އިން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާއިރު ޕްރޮމޯޝަން ދިން ގޮތާއި މެދު ބައެއް ސިފައިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ލިއުމާއި ގުޅޭ