Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ބާޒާރު

މަޖުބޫރުކޮށްގެން ވިޔަފާރިވެރިންގެ ފައިސާ ރާއްޖޭގައި ނުހިފެހެއްޓޭނެ: އިލްޔާސް

ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް މަޖުބޫރުކޮށްގެން ރާއްޖޭގައި އެ ވިޔަފާރިތަކުގެ ފައިސާ ނުހިފަހެއްޓޭނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މިފަދައިން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މަނަދޫ ދާއިރާ މެންބަރު އަޙްމަދު ހާރޫނު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ. އެ ޤަރާރަކީ ރާއްޖޭގައި ކުރެވޭ ވިޔަފާރިތަކުގެ ފައިސާ ރާއްޖޭގައި ނުހިފަހެއްޓޭތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އެ ފައިސާ ރާއްޖޭގައި ހިފަހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ގޮވައިލާ ހުށަހެޅި ޤަރާރާ ގުޅިގެންނެވެ.

އިލްޔާސް ވިދާޅުވީ ދިވެހިރާއްޖޭގައި ބޮޑެތި ވިޔަފާރިކުރާ ފަރާތްތައް ރާއްޖޭގައި އެމީހުންގެ ފައިސާ ނުބަހައްޓަނީ ކީއްވެތޯ ބަލަންވީ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އެ ފަރާތްތަކުގެ ސޭވިންއާއި ވިޔަފާރިކުރުމަށް ގެންގުޅޭ ފައިސާ ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ބަހައްޓާނެ ގޮތްތައް ހޯދަންވީ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އަދި އެގޮތަށް ވިޔަފާރިވެރިންގެ ފައިސާ ރާއްޖޭގައި ބަހައްޓަން ޝައުޤުވެރިވާނެ ގޮތަށް ރާއްޖޭގެ މާލީ ނިޒާމު އިސްލާހުކޮށް ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ޤާނޫނެއް ހަދައިގެން މަޖުބޫރުކޮށްގެން، ވިޔަފާރިވެރިންގެ ފައިސާއެއް، ފައިސާ ހުންނަ މީހުންގެ ފައިސާއެއް އެޓްރެކްޓެއް ނުކުރެވޭނެ. އަޅުގަނޑުމެން ކުރަންވީ ކަމަކީ ފައިސާ ހުރި މީހުންނާއި ބޮޑެތި ވިޔަފާރިތަކުން ރާއްޖޭގައި ފައިސާ ބަހައްޓާނެ ގޮތަށް ކަންކުރަންޖެހޭ
އިލްޔާސް ލަބީބް

އަދި އޭގެ އިތުރަށް އިލްޔާސް ވިދާޅުވީ ދިވެހިރާއްޖޭގެ އެކައުންޓެއްގައި ފައިސާ ބެހެއްޓުމުން ލިބޭ އިންޓަރެސްޓަށްވުރެ ސިންގަޕޫރުގެ ބޭންކެއްގައި އެ ފައިސާ ބެހެއްޓުމުން ލިބޭ އިންޓަރެސްޓު ބޮޑު ކަމުގައިވާނަމަ އެ މީހުން އެ ފައިސާ ބަހައްޓާނީ ސިންގަޕޫރުގެ ބޭންކުގައި ކަމަށެވެ. އެމީހުން ރާއްޖެއަށް އެޓްރެކްޓުކުރެވޭ ގޮތް ހޯދައިގެން އެގޮތަށް އެކަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރަންޖެހޭނީ ރާއްޖޭގެ ބޭންކުން ދޫކުރާ ޕީއޯ ނިޒާމުތަކެއް ކަމުގައި ޤަރާރުގައި ބުނެފައިވާތީ އެކަމަކީވެސް ޤަބޫލުކުރެއްވޭ ކަމެއް ނޫން ކަމުގައި ވިދާޅުވެ، އިންޓަނެޓު ޚިދުމަތަށް ބުރޫއެރުމުގެ އެންމެ މުހިއްމު ވަގުތެއްގައި ޕީއޯ ނިޒާމު ބޭނުންނުކުރެވިދާ ކަމުގައިވެސް އިލްޔާސް ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިން ވިޔަފާރިކުރަން ބޭނުންވާ ގޮތަށް ވިޔަފާރިކުރުމުގެ ފުރުޞަތު އޮންނަންވާނެ ކަމުގައިވެސް އިލްޔާސް ވިދާޅުވިއެވެ. އަދި މިހާރުވެސް ގެންނަންޖެހޭ ބަދަލަކީ ވިޔަފާރިވެރިންގެ އިތުބާރު މާލީ ނިޒާމަށް ލިބޭނެ ފަދަ ބަދަލުތަކެއް ކަމުގައެވެ.

މި ލިއުމާއި ގުޅޭ