Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީއެސްޖީ

އެމްބައްޕޭގެ ހެޓްރިކާއެކު ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޕީއެސްޖީގެ ހުނަރުވެރި ފޯވާޑު ކައިލިއަން އެމްބައްޕޭގެ މޮޅު ތިން ގޯލާއެކު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފިއެވެ.
ރޭގެ މެޗު ފެށިގެން ދިޔައީ ޕީއެސްޖީއަށް ރަނގަޅަކަށް ނޫނެވެ. މެޗުގެ 27 ވަނަ މިނިޓުގައި ބާސެލޯނާގެ ތަރި ލައަނަލް މެސީ ކާމިޔާބުކޮށްދިން ގޯލާއެކު ބާސެލޯނާއަށް ކުރި ލިބުނެވެ.
ނަމަވެސް ފަހަތުން އަރައި ޕީއެސްޖީން ވަނީ މޮޅުވެފައެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލައަނަލް މެސީއަށްވުރެ ރޭގެ މެޗުގައި ވިދުން ގަދަވީ ޕީއެސްޖީގެ ޒުވާން ތަރި އެމްބައްޕޭއެވެ. އެގޮތުން ކްލެމެންޓް ލެންގްލެޓު ކައިރިން ނައްޓައިލުމަށްފަހު 10 ޔާޑު ބޭރުން އެމްބައްޕޭވަނީ ޕީއެސްޖީއަށް އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދީފައެވެ.
އެވާޓަނުން ލޯނަށް ޕީއެސްޖީއަށް ދޫކޮށްފައިވާ މޮއިސް ކީންވަނީ މެޗުގެ 70 ވަނަ މިނިޓުގައި އިތުރު ގޯލެއް ޖަހާފައެވެ. އަދި އެމްބައްޕޭވަނީ އޭނާގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ގޯލު ޖަހާފައެވެ. އަދި 85 ވަނަ މިނިޓުގައި އޭނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
މި ލިއުމާއި ގުޅޭ