Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވް ގޭސް

އިކްރާމްގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަނީ ކުންފުނީގެ ކޮމެޓީއަކުން

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލުމަށް އެ ކުންފުނީގެ ކޮމެޓީ އަކަށް ހަވާލުކޮށްފިއެވެ.
އިކްރާމް ޖިންސީ ފުރައްސާރަ ކޮށްފައި ވަނީ ކުންފުނީގެ މުވައްޒަފަކަށެވެ. އިކްރާމްގެ މައްޗަށް ހުރި ހެކިތަކަށް ބަލާ އޭނާ ވަނީ ދެ ހަފްތާ އަށް ސަސްޕެންޑު ކޮށްފައެވެ. އިކްރާމްގެ މައްސަލަ މީގެކުރިން ބަލަމުން ގެންދިޔައީ އެސްޓީއޯގެ ބޯޑު މެމްބަރުން ހިމެނޭ ކޮމިޓީއަކުންނެވެ.
އެ ކޮމެޓީއަކީ ތިން މެންބަރުންގެ ކޮމެޓީއެކެވެ. އަދި އެއީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމަށް ގާނޫނުން ކަނޑައަޅާފައިވާ ކޮމެޓީއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި އެ ކޮމެޓީ އިން މައްސަލަ ބަލަން ނިންމުމާއެކު ފުރައްސާރަ ލިބުނު ކުއްޖާ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އިކްރާމްގެ ސަސްޕެންޝަންގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ނުބެލޭ ކަމަށް އެ މުވައްޒަފު ބުނެފައިވެއެވެ.
އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ. ސޯޝަލް މީޑިއާގައި ވެސް އިކްރާމް އެ އަންހެން މުވައްޒަފަށް ފޮނުވި މެސެޖުތައް އާއްމުވެފައިވާއިރު އޭނާ އަންނަނީ އެކަމަށް އިންކާރު ކުރަމުންނެވެ.
މީގެ އިތުރުން އިކްރާމްގެ ކޮރަޕްޝަންގެ މަައްސަލައާއި ޖިންސީ ފުރައްސާރައިގެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީންވެސް ދަނީ ބަލަމުންނެވެ.
އިކްރާމް ވަނީ އޭނާ އާއި ދެކޮޅަށް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ގާތް މީހެއް ކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ