Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

އިއްޒުންދީން ސްކޫލުން ވަކިވި ލީޑިން ޓީޗަރުންގެ ގިނަ ޝަކުވާތަކެއް

އިއްޒުއްދީން ސްކޫލުން ޒިންމާތަކުން ވަކިވި ލީޑިން ޓީޗަރުން ޒިންމާތަކުން ވަކިވި ސަބަބު ހާމަވެއްޖެއެވެ.
"އަވަސް" އޮންލައިން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ލީޑިން ޓީޗަރުން ވަކިވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ޓީޗަރުން ވަނީ ޒިންމާތަކާއި ހަވާލުވީ ފޮނި އުއްމީދުތަކެއް ކުރަމުން ކަމަށާއި ނަމަވެސް ސްކޫލުގެ ޕްރިންސިޕަލްގެ އަމަލުތަކުގެ ސަބަބުން އެ އުއްމީދުތައް ހާސިލް ކުރުމަށް ހުރަސްތަކާއި ކުރިމަތިވި ކަމަށެވެ.
އެކަމުގެ ޝަކުވާތއް ޑެޕިއުޓީ ޕްރިންސިޕަލްއާ ހިއްސާ ކުރި ކަމަށްވެއެވެ. އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައި ކަމަށާއި ނަމަވެސް އެކަމެއް ހައްލެއް ހޯދައި ދީފައި ނުވާ ކަމަށްވެސްވެއެވެ.
ލީޑިން ޓީޗަރުން ވަނީ ޕްރިންސިޕަލް ހުތުރުކޮށް ވާހަކަދައްކާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ޕްރިންސިޕަލް އަންގާހާ ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމަށްވެސް ތުހުމަތު ކުރެއެވެ. ސްކޫލުގައި ހުންނަ ކަންކަން ރަނގަޅު ކުރުމަށް އަމިއްލަ އަށް އިސް ނަގައިގެން ކަންކަން ކުރުމުން އެކަން ޕްރިންސިޕަލް ހުއްޓުވާ ކަމަށްވެސްވެއެވެ.
އެންމެ ބޮޑު އެއް ޝަކުވާ އަކީ ކުދިކުދިން ކަންކަން ބޮޑު ކޮށްލުމެވެ. އެހެންކަމުން ލީޑިން ޓީޗަރުންނަށް އިހުސާސް ވެފައި ވަނީ އެ ޓީޗަރުން މަސައްކަތް ކުރަމުން އަންނަނީ ކުށުގެ މާހައުލެއްގައި ކަމަށެވެ.
ބައެއް ލީޑިން ޓީޗަރުންނަށް ތަކުރާރުކޮށް އެތައް ފަހަރަކު ޕްރިންސިޕަލް އިސްތިއުފާ ދޭން އަންގައިފައިވާއިރު ލީޑިން ޓީޗަރުންގެ ރެޕިއުޓޭޝަން ދުއްވާލާނެ ކަމަށް ފާޅުގައި ޕްރިންސިޕަލް ބުނެފައިވާ ކަމަށްވެސްވެއެވެ.
މިހާރު އެ ސްކޫލަށް ވަނީ މުޅިން އާ ލީޑިން ޓީޗަރުންތަކެއް ނަގައިފައެވެ.
މި ލިއުމާއި ގުޅޭ