Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވި މީހަކު ހައްޔަރުކޮށްފި

ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވިސް އިމިގްރޭޝަނުން އިން ބުނީ ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައި ވަނީ 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އެ މީހާ އަކީ ދޯހާ އިން ރާއްޖެ އައިސްފައިވާ މީހެއް ކަމަށް އިމިގްރޭޝަން އިން މައުލޫމާތުދެއެވެ.
އެމީހާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ 8ވަނަ ދުވަހުއެވެ. އެމީހާ ބޭނުން ކޮށްފައި ވަނީ ދެކުނު އެމެރިކާ އަށް ނިސްބަތްވާ ގައުމެއްގެ ޕާސްޕޯޓެކެވެ.
މީގެކުރިން ވެސް ރާއްޖެ އަށް ނަކަލު ކޮށްފައިވާ ޕާސްޕޯޓުގައި ގިނަ އަދަދެއްގެ މީހުން ވަނީ އެތެރެވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިމިގްރޭޝަން އިން ވަނީ އެ ހުރިހާ އެންމެން ހައްޔަރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ