Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޕޕީޕީއެމްގެ މަސައްކަތް ހުއްޓައިލާނީ ރައީސް ޔާމީނު މިނިވަންކޮށް އެމަނިކުފާނު ވެރިކަމަށް ގެނެސްފައި: ޣައްސާން މައުމޫނު

ރައީސް ޔާމީނަށް ބޮޑުބޭބޭފުޅު ވިދާޅުވާ އަދި ރައީސް މައުމޫނުގެ ދަރިކަލުން، ޕީޕީއެމްގެ ނައިބުރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީނު މިނިވަންކޮށް 2023ގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދީފައި ކަމުގައެވެ.
ޣައްސާން މައުމޫނުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ކުރު 5 އަހަރުގެ ރިޔާސީ ދައުރެއްގައި ދިވެހިރާއްޖެ ދެކެފައިނުވާ މިންވަރުގެ ޢުމްރާނީ ތަރައްޤީ ހޯދައިދެއްވުމުގެ މޭސްތެރިޔާ ކަމުގައެވެ. އަދި އެމަނިކުފާނުވަނީ ސިޔާސީ ޙުކުމެއްގައި ގައިދުކޮށްފައި ކަމުގައިވެސް ޣައްސާނު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް 28 ނޮވެންބަރުގަ
3ހާސް އަހަރަށްވުރެ ދިގު މާޒީއެއް އޮތް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ޢުމްރާނީ ތަރައްޤީއެއް ކުރު 5 އަހަރުގެ ތެރޭގައި ހޯދައިދެއްވި މޭސްތިރިއަކީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނެވެ. އެމަނިކުފާނު މިއަދު ވަނީ ސިޔާސީ ޙުކުމެއްގައި ގައިދުކޮށްފައެވެ.— Mohamed Ghassan Maumoon (@mgmaumoon) December 1, 2019

އި އިއްވާފައިވާ ޙުކުމަކީ ސިޔާސީ ހުކުމެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. އަދި އެޙުކުމަކީ ރައީސް ޔާމީނުގެ ދިފާޢީ ވަކީލުން ހުށަހެޅުއްވި ދިފާޢުތަކަށް ރިޢާޔަތްނުކޮށް އިއްވާފައިވާ ޙުކުމެއް ކަމުގައިވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ބުނެފައިވެއެވެ.
ޕީޕީއެމް ޕީއެންސީއިންވަނީ ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވައިލާ ސިލްސިލާ މުޒާހަރާތަކެއް ފަށާފައެވެ. އަދި އެފަރާތްތަކުން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގައިވެސް ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވައިލައި އިހުތިޖާޖުކުރާނެ ކަމުގައެވެ. ދަށު ކޯޓުން އިއްވި ޙުކުމް މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ