Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

ރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބައަކަށް ދައުވާކޮށްފި

ދިވެހިރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ 10 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްޖަރީ2 ނަމަކަށް ކިޔާ ދޯންޏެއްގައި 72 ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތީ 2020 ޑިސެންބަރު 2020 ގައެވެ. އެ ތަކެތި އަތުލައިގަތުމަށްފަހު ފުލުހުންވަނީ 10 މީހެއް ހައްޔަރުކުރިއެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ މީހުން

1. އިރުފާން ތަގިއްޔު، ދޭލިޔާގެ/ސ. ހުޅުދޫ 2. މުހައްމަދު ވިސާމް، އެލެސްކާ/ ރ. އިނގުރައިދޫ 3. އަބްދުﷲ ވިސާމް، އެލެސްކާ/ ރ. އިނގުރައިދޫ 4. އަހުމަދު ނަސީރު، އަނބުގޮސްދޮށުގެ/ ދ. މާއެނބޫދޫ 5. މުހައްމަދު އަކްރަމް، ހ. ގާރޑްންބިއުޓީ 6. މުހައްމަދު ޝަރީފް، ނޫރީއާގެ/ ހދ. ނޮޅިވަރަންފަރު 7. މުހައްމަދު ފުރުގާން، ޕެރިސްހޮލިޑޭ/ ލ. ގަން- ތުނޑި 8. އަހުމަދު ޝިނާން، ފީރޯޒްގެ/ ރ. ރަސްގެތީމު 9. މުހައްމަދު ވަޖީހު، ތަނޑިރަތްމާގެ/ތ. ތިމަރަފުށި 10. އަލީ އަހުމަދު، މއ. ކަނޑޫގެ

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ މި މައްސަލާގައި އިސްކޮށް އުޅުނީ ސ.ހުޅުދޫ، ދޭލިޔާގެ، 32 އަހަރުގެ އިރުފާން ތަޤިއްޔުއާއި ރ.އިނގުރައިދޫ، އެލެސްކާ، 28 އަހަރުގެ މުޙައްމަދު ވިޝާމް ކަމަށާއި، މި މައްސަލާގައި ދައުވާކުރަން އިއްޔެ ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ތިބި މީހުންނާއި ލޯންޗުގައި މަސްތުވާތަކެތި މާލެއަށް އެރުވި މީހުންނާއި ކާރުގައި އެތަކެތި އުފުލި މީހުންގެ މައްޗަށެވެ.
ފުލުހުންވަނީ މަސްތުވާތަކެތި އުފުލަމުން ދަނިކޮށް ފަރީދީ މަގުން ކާރު ހިފަހައްޓާފައެވެ. ކާރު ހުއްޓުވައި ފާސްކުރިއިރު މަސްތުވާތަކެތި ހުރީ ދެ ސޫޓު ކޭހަކާއި ދެ ގޯނީގައެވެ.
މި ލިއުމާއި ގުޅޭ