Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ ނައިބު ރައީސް ޖިހާދު

ކުރީގެ ނައިބުރައީސް ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނައިބުރައީސްގެ މަޤާމުގައި އެންމެ ފަހުން ހުންނެވި ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން އެ އަމުރު އެ ކޯޓުން ބާޠިލުކުރިއެވެ. އެ ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއާއެކު އެ ކޯތުން މިއަދުވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރެފައެވެ.
ޖިހާދުގެ ފަރާތްޕުޅުން ބޭސްފަރުވާއަށް ބޭރަށް ވަޑައިގަންނަވަންޖެހޭކަން ސާބިތުކުރުމަށް ޑޮކްޓަރުންގެ ލިޔުން ހުށަހަޅުއްވާފައިވެއެވެ. އަދި އޭނާގެ ފަރާތްޕުޅުން ޖާމިނުވާނެ ބޭފުޅަކު ހަމަޖައްސަން ހުށަހެޅުއްވުމުން ދައުލަތުންވަނީ އޭނާއަށް ބޭރަށް ވަޑައިގެންނެވޭ ގޮތް ހެދުމަށް އިންކާރުކޮށްފައެވެ.
ޖިހާދުގެ ޕާސްޕޯޓު ދޫކުރަން ދައުލަތުން އިންކާރުކޮށްފައިވާއިރު، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވާ އެ ވުޒާރާގެ ކުރީގެ ވަޒީރު ޢަލީ ވަޙީދުގެ ފަރާތްޕުޅުން ޑޮކްޓަރުންގެ ލިޔުމާއި ކޯޓަށް ޑޮކްޓަރެއްގެ ހެކިބަސް ދިނުމުން އޭނާ ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެއާއެކު ޢަލީ ވަހީދުވަނީ ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
ޖިހާދު ފުރުން މަނާކުރީ ޣައިރު ޤާނޫނީ ގޮތެއްގެ މަތިން ކަމުގައި ހައިކޯޓުން ނިންމުމުން އެ މައްސަލަ އިސްތިއުނާފުކޮށް އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ޖިހާދުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ ވަގުތީ އަމުރަކަށް ޕީޖީން އެދުމުން، ސުޕްރީމް ކޯޓުން އެ އަމުރު ނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އެ އަމުރު ނެރުނީ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު ހައިކޯޓުން ބާޠިލުކޮށްފައި އޮއްވައި ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގެންފިނަމަ، ސުޕްރީމް ކޯޓުން ދަށު ކޯޓުގެ އަމުރު ދަމަހައްޓާ ޙާލަތުގައި އެ އަމުރު ނުހިންގޭނެ ކަމުގެ ފުރުޞަތު އޮތުމުން ކަމަށެވެ.
މި ލިއުމާއި ގުޅޭ