Saturday 27th Feb 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ފްލެޓު ލިސްޓުގައި އެތައް ސަތޭކަ ގޯސް ހިމެނޭކަން ނުހައްޤުން ފްލެޓު އަތުލެވުނު ރައްޔިތުން ހެކިވާނެ: ޑރ.މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައ ބިނާކުރެއްވި ހިޔާ ފްލެޓުތައް ދީފައިވަނީ ނުހައްޤުން ކަމަށް ބުނެ އަލުން ފްލެޓަށް އެދި ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް މުރާޖައާކޮށް ފްލެޓު ދިނުމަށް ރައީސް ސޯލިހް އުފެއްދެވި ފްލެޓު ކޮމިޓީން އެންމެ ފަހުގެ ފްލެޓު ލިސްޓު އާންމުކޮށްފައިވާއިރު އެ ލިސްޓުގައިވެސް މައްސަލަތައް ހުރެދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.މުއިއްޒުވަނީ ފްލެޓު ކޮމިޓީން ނެރުނު ލިސްޓުގައި އެތައް ސަތޭކަ ގޯހެއް ހިމެނޭކަން ނުހައްޤުން ފްލެޓު އަތުލެވުނު ކޮންމެ ރައްޔިތަކުވެސް ހެކިވާނެ ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ހައްޤުތައް ނިގުޅައިނުގަތުމަށް ޑރ.މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޑރ.މުއިއްޒުވަނީ އެ ފްލެޓު ލިސްޓުގައި ގޯސްތަކެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ އެ ލިސްޓު ބާތިލްކޮށް ޔަގީން ލިސްޓެއް ނެރުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

ރައީސް ސޯލިހް އުފެއްދެވި ފްލެޓު ކޮމިޓީން އަލުން ފްލެޓު ލިސްޓު އާންމުކޮށްފައިވާއިރު ކުރިން ފްލެޓު ލިބުނު އެތައް ބަޔަކަށް މިފަހަރު ފްލެޓު ނުލިބެއެވެ. އޭގެ ތެރޭގައި ވަރަށް ދަތި ހާލުގައި އުޅޭ ފަރާތްތައްވެސް ހިމެނެއެވެ. ރައީސް ސޯލިހް ވަނީ ފްލެޓު ލިސްޓުގައި މައްސަލަތައް އުޅޭނަމަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެންމެ ފަހުން ނެރުނީ ދާއިމީ ލިސްޓު ކަމަށްވެފައި އިތުރަށް ދެން ޝަކުވާ ހުށަހެޅޭނެ މަގުވެސް ވަނީ ބަންދުވެފައެވެ.

މި ލިއުމާއި ގުޅޭ