Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ޖިންސީ ގޯނާގެ ތުހުމަތުވާ މީހަކު ފުރި މައްސަލައެއް މަޖިލިހަށް ހުށަހެޅިފައިވޭ: ނަޝީދު

ޖިންސީ ގޯނާގެ ތުހުމަތުވެފައިވާ މީހަކު ރަށުން ފުރައިގެން ދިއުމާ ގުޅިގެން މަޖިލިހުގެ 4 މެންބަރަކު ފޮނުއްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 4 އަންހެން މެންބަރުން ރައީސް ނަޝީދަށް ފޮނުއްވި ސިޓީއަކީ މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުވެ، އެ މައްސަލާގައި ވަޒީރުކަމުން ވަކިކުރުމަށްފަހުގައި ތަހުގީގުކޮށް ފުލުހުން ފޮނުވި ހެކީގެ މައްޗަށް ބިނާކޮށް ދައުވާކޮށްފައިވަނިކޮށް ފުރުވައިލުމާ ގުޅިގެން އެކަން ހިނގި ގޮތް ބެލުމަށް އެދި އެ ބޭފުޅުން ފޮނުއްވި ސިޓީއެކެވެ.
މިއަދު މަޖިލިސް ފައްޓަވަމުން އެ ސިޓީގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވިއިރު، އެ ސިޓީއަކީ ޢަލީ ވަޙީދާ ގުޅޭ ސިޓީއެއްކަން ހާމަނުކުރައްވައެވެ. ހަމައެކަނި ވިދާޅުވީ ޖިންސީ ގޯނާވާ މީހެއް ކަމުގައެވެ. ފާހަގަކުރެވޭ ގޮތުގައި ޢަލީ ވަޙީދަކީ ރައީސް މުޙައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައި ހުރި މީހަކު، އޭނާ ރަށުން ފުރައިގެން ދިއުމާ، އެކަމާ ގުޅޭ ގޮތުން ކަން ހިނގައިދިޔަ ގޮތް، އެ ޢިއްޒަތްތެރި މެންބަރުން ހިތްޕުޅާނުވާތީވެ އަދި ބޮޑަށް އެނގެން އެދިވަޑައިގަންނަވާތީވެ މެންބަރުން ލިޔުއްވާފައިވާ ސިޓީއެއް.
ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިހުގެ އަންހެން މެންބަރުން ހުށަހެޅުއްވި ސިޓީ ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އާންމުކޮށް ކަންކުރައްވާ އުޞޫލާ ޚިލާފަށް އެ ސިޓީގައި އޮތް އެއްޗެއް މަޖިލިހުގެ މެންބަރުންނަށް އަމަނިކުފާނު އިއްވަވާފައިނުވެއެވެ.
ޢަލީ ވަޙީދު ފުރާވަޑައިގަތުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާއިރު، ޢަލީ ވަޙީދު އެދިވަޑައިގަންނަވާ ގޮތަށް އޭނާގެ މުސްތަޤުބަލު ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، ޢަލީ ވަޙީދަކީ މޮޅު ޕޮލިޓީޝަނެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ