Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެއާލް މެޑްރިޑް

ވެލެންސިއާ ބަލިކޮށް ލަލީގާގެ ތާވަލުގެ ދެވަނައަށް ރެއާލް މެޑްރިޑް

ވެލެންސިއާއާއި ރެއާލް މެޑްރިޑު ބައްދަލުކުރި މެޗުގައި 2-0ގެ ނަތީޖާއަކުން ރެއާލް މޮޅުވެ ލަލީގާގެ ތާވަލުގެ ދެވަނައަށް އެ ޓީމު ޖެހިލައިފިއެވެ.
ލަލީގާގެ ތާވަލުން ދެވަނަ ޖާގައަށް ރެއާލް މެޑްރިޑު ޖެހުނު މެޗުގައި އެ ޓީމުގެ ފަރަންސޭސި ފޯވާޑު ކަރީމް ބެންޒިމާ ޖެހި ގޯލަކީ މި ސީޒަނުގައި މިހާތަނަށް އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ކުޅެ، ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗުގެ ކޮންޓުރޯލު ނަގާފައިވަނީ ރެއާލުންނެވެ. ރެއާލުގެ ރަނގަޅު ކުޅުމާއެކު މެޗުގެ ކުރީ ކޮޅުގައި އެ ޓީމަށް ކުރި ހޯދައިދިނީ ބެންޒިމާ ކާމިޔާބުކޮށްދިން ގޯލަކުންނެވެ.
އެއަށްފަހު ރެއާލަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ މިޑްފީލްޑާ ޓޯނި ކްރޫސްއެވެ. އޭނާ ޖަހައިދިން ގޯލާއެކު ރެއާލަށް މެޗުގައި 2 ގޯލުގެ ލީޑެއް ލިބުނެވެ.
މުޅި މެޗުގައިވެސް ވެލެންސިއާއަށްވަނީ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައިލަން އުދަގޫވެފައެވެ. އެންމެ ފުރަތަމަ ފަހަރަށް އެ ޓީމަށް ރެއާލުގެ ގޯލަށް ނުރައްކާ ކޮށްލެވުނީ މެކްޒި ގޮމޭޒް ދެވަނަ ހާފުގައި ފޮނުވައިލި ހަމަލައިންނެވެ.
މި މޮޅާއެކު ރެއާލާއި ތާވަލުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ މެދުގައި އޮތީ ފަސް ޕޮއިންޓުގެ ފަރަޤެކެވެ. ނަމަވެސް އެތުލެޓިކޯއަށް އަދި ނުކުޅެ ދެ މެޗު އެބައޮތެވެ. އެހެން ކަމުން އެ ތަފާތު ބޮޑުކުރުމުގެ ފުރުޞަތު އެ ޓީމަށް ތަނަވަސްކަޮށް އޮންނާނެއެވެ.
މި ލިއުމާއި ގުޅޭ