Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު-19

އައްޑޫއާއި ފުވައްމުލަކުން ޖުމްލަ 49 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 ބަލި މުޖުތަމަޢުގައި ފެތުރެމުން އަންނަ އައްޑޫ ސިޓީއާއި ފުވައްމުލަކުން މިހާތަނަށް ޖުމްލަ 49 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫއަށް ބަލި ގޮސްފައިވަނީ ސަރުކާރުން އައްޑޫގައި ބޭއްވި ވޯކްޝޮޕެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވެ، އެ މީހުންނާ ބައްދަލުވެ ދިމާވި ބައެއް މީހުންނަށްވެސް ބަލިޖެހިފައިވެއެވެ.
އައްޑޫގައި ފުރަބަންދު އިއުލާނުކޮށް މިހާރުވެސް ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްދަނީ ކުރިއަށް ގެންދަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވީ އެ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އެ ސިޓީން އަޅާފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމުގައި ކައުންސިލުގެ ހުއްދަ ހޯދުންވަނީ ލާޒިމުކޮށްފައެވެ.
ފުވައްމުލަކުގައިވެސް ރޭގަނޑު އަށަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގާފައިވެއެވެ. އައްޑޫގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުންވެސް ވަނީ މަނާކޮށްފައެވެ.
ފުވައްމުލަކުގައި ބަލި ފެތުރިފައިވަނީ އެކުވެރި ޢަރަބި އިމާރާތުން އައި ކަރަންޓީނުވި މީހަކު ޕޮޒިޓިވްވެ އޭނާއާ ބައްދަލުވި ކޮންޓެކްޓުންނަށް ބަލިޖެހިގެންނާއި، އައްޑޫއިން އެ ރަށަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެންނެވެ.
މި ލިއުމާއި ގުޅޭ