Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ޒައިދު

ފްލެޓާއި ގުޅޭގޮތުން އަލީ ޒައިދު ހަދާފައިވާ ބޮޑު ދޮގެއް ފަޅާއަރައިފި

ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރި ހިޔާ ފްލެޓުތަކާއި ގުޅޭގޮތުން ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ޒައިދު ހަދާފައިވާ ބޮޑު ދޮގެއް ފަޅާއަރައިފިއެވެ.
މިގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އަލީ ޒައިދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ފްލެޓުތަކަށް އެޕްލައިކޮށްކޮށް ވަރުބަލިވެއްޖެ ކަމަށާއި ދުވަހަކުވެސް ފްލެޓެއް ނުލިބޭކަމަށެވެ. އަދި ޕޮއިންޓުވެސް ދީފައިވަނީ ނުބައިކޮށް ކަމަށާއި ހައްޤު މީހުން ބަހައްޓާފައި ފާޑުފާޑުގެ ލިސްޓުތަކަށް ފްލެޓުތައް ބަހާލި ވާހަކައަކީ ތެދެއްނަމަ އެބަޔަކަށް ހަރުކަށި އަދަބު ދޭން ޖެހޭކަމަށެވެ.
އަލީ ޒައިދު މިހެން ބުނެފައިވާއިރު ރައީސް ސޯލިހް އުފެއްދެވި ފްލެޓު ކޮމިޓީން ވަނީ އަލީ ޒައިދުގެ ދިރިއުޅުމުގެ ހާލަތު ދަށްކަމަށް ބުނެ އަލީ ޒައިދަށް ދިރިއުޅުމުގެ ހާލަތަށް ދޭ ޕޮއިންޓު އިތުރުކޮށް މިފަހަރު ފްލެޓު ދީފައެވެ. އަދި އެ ހަބަރު ނޫސްތަކުން ގެނެސް ދިނުމުން ޒައިދު ވަނީ ކުރީ ސަރުކާރުގައިވެސް އޭނާ އަށް ފްލެޓު ލިބުނު ކަމަށް ބުނެފައެވެ.
2018 ވަނަ އަހަރު ފްލެޓު ލިބުނު މީހުންގެ ތެރޭގައި އަލީ ޒައިދު ނުހިމެނެއެވެ. ނަމަވެސް އޭރުގެ ލިސްޓުގައި އަލީ ޒައިދުގެ އަންހެނުން ހިމެނެއެވެ. އޭރުވެސް މިހާރުވެސް އޮންނަ އުސޫލަކީ ފްލެޓަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ތިބިނަމަ އެ ދެމީހުންވެސް ޝަރުތު ހަމަވާނަމަ ކޮންމެވެސް އެކަކަށް ފްލެޓު ލިބުމެވެ. ކުރީ ސަރުކާރުން އިއުލާންކުރި ލިސްޓުގައި އަލީ ޒައިދުގެ ފޯމާއި އޭނާގެ އަންހެނުންގެ ފޯމު ނަންބަރުވެސް ހިމެނިފައި ވަނީ އެއްކޮށެވެ. އަދި އޭރު 68 ޕޮއިންޓު ލިބިގެން ފްލެޓު ލިބިފައިވަނީ އޭނާގެ އަންހެނުންނަށެވެ. އެހެން ކަމުން އަލީ ޒައިދުގެ ދެމަފިރިންނަށް އޭރު ވަނީ ފްލެޓު ލިބިފައެވެ. އެހެން ނަމަވެސް "އަޅުގަނޑަށް ފްލެޓު ނުލިބޭ" ކަމަށް ބުނެ އަލީ ޒައިދު ވަނީ ޓުވީޓުކޮށް ދޮގު ހަބަރު ފަތުރާފައެވެ.
އޭގެ ފަހުން ރައީސް ސޯލިހް އުފެއްދެވި ފްލެޓު ކޮމިޓީން އަލީ ޒައިދަށް ލިބުނު ޕޮއިންޓު އިތުރުކޮށް ފްލެޓު ދީފައިވެއެވެ. އަދި އެ ވާހަކަ ބައެއް ފަރާތްތަކުން ދެއްކުމުން އަލީ ޒައިދު ވަނީ "ކުރިންވެސް" ފްލެޓު ލިބުނު ކަމަށް ބުނެފައެވެ.
އަލީ ޒައިދު ފާހަގަވެފައިވަނީ ޓުވިޓާގައި ވަރަށް ބޮޑަށް ސަރުކާރަށް ތާއީދުކޮށް ޓުވީޓު ކުރާ މީހެއްގެ ގޮތުގައެވެ. އަދި ބައެއް ކަންކަމުގައި ކަނޑައެޅިގެން ބޮޑެތި ދޮގު ހަދާ، އެހެން މީހުން އޮޅުވާލަން މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައެވެ. މިގޮތުން އެއްފަހަރަކު އަލީ ޒައިދު ވަނީ ދިވެހިރާއްޖޭގެ ރަށެއްގެ 70 އިންސައްތަ މީހުން ރޯދަ ނުހިފާ ކަމަށްވެސް ބުނެފައެވެ.
މި ލިއުމާއި ގުޅޭ